Last Updated: April 26, 17:40
Friday, April 26, 2024
ޚަބަރު

އަންނަ އަހަރު ރިޔާސީ އިންތިހާބެއް އޮންނާނެ: ލަޠީފު

އަންނަ އަހަރު ރާއްޖޭގައި ރިޔާސީ އިންިތިހާބެއް އޮންނާނެ ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއް ލަޠީފު މުހައްމަދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް/ޕީޕީއެންސީއިން އިންތިޒާމްކޮށްގެން ކާނިވާ ސަރަހައްދުގައި މިރޭ ކުރިއަށްދާ "ދަވާލައިފި" ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއް ލަޠީފު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ވެރިކަމެއް ނުކުރެވޭ ކަމަށާއި ރައްޔިތުންނަށް ދިން އުއްމީދު ފެއިލްވެފައިވާ ކަމަށެވެ.

ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ލަޠީފު ވިދާޅުވީ ރައީސް ސޯލިހު އަކީ "ބޭވަފާތެރިއެއް" ކަމަށާއި، ރައީސް ސޯލިހު ބޭވަފާތެރިވީ ހަމައެކަނި އޭނާއަށް އެކަނި ނޫންކަމަށެވެ.

ލަޠީފު ވިދާޅުވީ ރައީސް ސޯލިހު ރައްޔިތުންނަށް ލަނޑުދެއްވާފައިވާ ކަމަށާއި އަންނަ އަހަރު ރާއްޖޭގައި އިންތިހާބު އޮންނާނެކަމަށެވެ.

"ތިޔަ ބޭފުޅުން ތައްޔާރުތޯ ވޯޓްލާން. ހަމަ ޔަގީން އަންނަ އަހަރު އިންތިހާބު އޮންނާނެ. މި ރައީސަކަށް މިކަމެއް ނުވާނެ." ކުރީގެ މެންބަރު ލަތީފު ވިދާޅުވި އެވެ.