Last Updated: April 19, 06:47
Friday, April 19, 2024
ޚަބަރު

އައްޑޫގައި ހަރުކަށި ފިކުރު ފެތުރޭތީ ޑިފެންސް މިނިސްޓަރގެ އަރިހަށް!

އައްޑޫގައި ހަރުކަށި ފިކުރު ފެތުރޭތީ އެކަމުގެ މަޝްވަރާއަށް އައްޑޫ ސިޓީ ކައުންސިލުން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދިދީ އާއި ބައްދަލު ކުރައްވައިފިއެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އާއި އެކު ބޭއްވި މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ އައްޑޫގައި ހަރުކަށި ދީނީ ފިކުރު ފެތުރޭ މައްސަލައިގެ ކަންބޮޑުވުން ހިއްސާ ކުރައްވާފައެވެ. މީގެ އިތުރުން ކާރިސާތައް ދިމާވުމުން ހުއްނަ ގޮންޖެހުންތަކާއި އެސިޓީއަށް ޒިޔާރަތް ކުރައްވާ އިއްޒަތްތެރިން ދަތުރު ކުރައްވާނެ ރަސްމީ އުޅަނދެއް ނެތުމުން ދިމާވާ ދަތިތަކުގެ ވާހަކަ ޑިފެންސް މިނިސްޓަރ އާއި ކައުންސިލްގެ ފަރާތުން ވަނީ ހިއްސާ ކުރައްވާފައެވެ.

އައްޑޫގައި ހަރުކަށި ދީނީ ފިކުރަށް ތާއިދުކޮށް ދާދި ފަހުން ވަނީ ގްރެފެޓީތަކެެއް ކުރެހި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެކަމާއި ގުޅިގެން ސަލާމަތީ ބާރުތަކުން ހާއްސަ އޮޕަރޭޝަނެއް ހިންގި އިރު ބައެއް މީހުން ހައްޔަރުކޮށްފައިވެއެވެ. ނަމަވެސް ފަހުން އެމީހުން ވަނީ ދޫކޮށްލާފައެވެ.

މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރާއި ގުޅޭގޮތުން ރިޔާސީ ކޮމިޝަނުން އެކުލަވާލި މަރުގެ ރިޕޯޓަށް ފަހު މާލެ އާއި އައްޑޫގައި ހަރުކަށި ދީނީ ފިކުރުގެ މީހުންނަށް އަމާޒުކޮށް ހާއްސަަ އޮޕަރޭޝަނެއް ވަނީ ފަށާފައެވެ. އެ އޮޕަރޭޝަންގެ ދަށުން އައްޑޫ ހިތަދީގެ ފިހާރައެެއް ވެސް ވަނީ ފުލުހުން ރެއިޑްކޮށްފައެވެ.