ޖަރުމަނުގެ އެންމެ ބޮޑު ޓުއާ އޮޕަރޭޓާސް، އެފްޓީއައި ގްރޫޕާއި ގަތަރު އެއާވޭސް ގުޅިގެން، ޖަރުމަނުގެ 100 ޓުއާ އޮޕަރޭޓަރުން ރާއްޖެ ގެނެސްފިއެވެ.
ރާއްޖެ ގެނައި 100 ޓުއާ އޮޕަރޭޓަރުންނާއެކު އިއްޔެ އާދަރަން ރިސޯޓުގައި ހާއްސަ ރަސްމިއްޔާތެއް ވެސް ވަނީ ބާއްވާފައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.
މިއީ އެއް ގައުމެއްގެ ޓުއާ އޮޕަރޭޓަރުން ގެނެސްގެން ރާއްޖޭގައި މިފަދަ ރަސްމިއްޔާތެއް ބޭއްވި ފުރަތަމަ ފަހަރުވެސްމެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް 77,503 މީހުން ވަނީ ރާއްޖެ އައިސްފައި ވެއެވެ.