އިތުރު ބިދޭސީ އެއް ރާއްޖެއިން ޑީޕޯޓް ކޮށްލައިފި އެވެ. އޭނާއަށް އަންނަނީ ތަފާތު އެކި ބޮޑެތި ކުށްތަކުގެ ތުހުމަތުވެސް ކުރަމުންނެވެ.
އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) ވިދާޅުވީ، ރޭ ޑީޕޯޓް ކޮށްލާފައި ވަނީ އަބޫ ހަނަފީ ކިޔާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށެވެ. އޭނާ ޑިޕޯޓް ކޮށްލާފައި ވަނީ ރާއްޖޭގައި ހުރުމަށް އިމިގްރޭޝަނުން ދޫކޮށްފައިވާ ހުއްދައިގެ ޝަރުތުތަކާ ހިލާފު ވުމުގެ ސަބަބުންނެވެ. އަދި އޭނާ ހިފެހެއްޓީ އެއާޕޯޓުންނެވެ، އޭނާގެ ހުއްދަ ބާތިލް ކޮށްފައިވަނީ އިތުރު އެއްވެސް ނޯޓިސްއަކާއިވެސް ނުލައެވެ. ވަނީ މިރޭ އެއާޕޯޓުން ހިފަހައްޓާ ނޯޓިސް ދިނުމަކާ ނުލާ ހުއްދަ ބާތިލްކޮށް ޓީޕޯޓްކޮށްފަކަމަށް ހަނަފީ ވިދާޅުވިއެވެ.
އަބޫ ހަނަފީއަށް ކުރަމުން އަންނަ ތުހުމަތުތަކުގެ ތެރޭގައި މަނީ ލޯންޑާ ކުރުންވެސް ހިމެނެއެވެ. ސޯޝަލް މީޑިއާގައި އޭނާގެ ބައެއް ފޮޓޯތައް ދައުރުވަމުން އަންނައިރު އެ ފޮޓޯތަކުން ފެންނަނީ އޭނާއަކީ ވަރަށް މުއްސަނދި ދިރިއުޅުމެއް އުޅެމުންދިޔަ މީހެއް ކަމެވެ. ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި އޭނާ ރާއްޖެއައީ ކާޕެންޓަރެއްގެ ވަޒީފާއަކަށެވެ.
އިމިގްރޭޝަން އިން އިއްޔެ ވަނީ ބަންގަލްދޭޝްގެ އިތުރު ރައްޔިތަކުވެސް ޑީޕޯޓު ކޮށްާފައެވެ. އޭނާ ޑީޕޯޓު ކޮށްލާފައިވަނީ ރާއްޖޭގައި ގަވައިދާ ހިލާފަށް މީހުން ރެކްރޫޓްކުރާ ކަމަށް ތުހުމަތު ކުރެވޭތީ އާއި ގަވާއިދާ ހިލާފަށް ހުއްދަނެތި ވިޔަފާރި ކުރާތީ އެވެ.