ރައްޔިތުން މަޖިލީހުން އިންތިޒާމު ކޮށްގެން ޕާލިމަންޓްރީ އެޑިއުކޭޝަން ސެމިނާއެއް އައްޑޫ ސިޓީގައި މިއަދު ފަށައިފިއެވެ.
ރައްޔިތުން މަޖިލީހުގެ އިދާރާއިން މައުލޫމާތުދޭ ގޮތުގައި މި ސެމިނާގައި އައްޑޫ ސިޓީގެ އެކި ސްކޫލުތަކުން 185 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ. މި ސެމިނާގައި ރައްޔިތުން މަޖިލީހުގެ އިސް ގިނަ މުވައްޒަފުންތަކެއް ވަނީ ބައިވެރިވެފައެވެ. މި ސެމިނާ އޮތީ ޝަރަފުއްދީން ސްކޫލުގައެވެ.
މަޖިލީހުން މިހާރުވެސް އަންނަނީ މަޖިލީހުގެ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ކިޔަވާ ކުދިންނާއި ހިއްސާ ކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދާދިފަހުން މާލޭގެ ސްކޫލު ދަރިވަރުންތަކެއް މަޖިލީހުގެ ކޮމެޓީތަކާއި މަޖިލީހުގެ ޖަލްސާތައް ބަލާލުމަށް ވަނީ މަޖިލިސް އިދާރާއަށް ވަނީ ޒިޔާރަތްކޮށްފައެވެ. އަދި ޕްލާސްޓިކު ބޭނުން މަދު ކުރުމާއި ގުޅޭ ގޮތުން މަޖިލީހުގެ ކަމާ ގުޅުންހުރި ކޮމެޓީތަކާއި ބައެއް ސްކޫލުތަކުގެ ދަރިވަރުން ވަނީ ވާހަކަދައްކާ މަޝްވަރާ ކޮށްފައެވެ.