ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނ. މަނަދޫއަށް ވަޑައިގެންފިއެވެ.
އެމަނިކުފާނު މަނަދޫއަށް ވަޑައިގަތީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.
ރައީސް އޮފީހުން ބުނީ އެމަނިކުފާނުގެ އެރަށަށް ވަޑައިގަތުމުން އެރަށުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދެންނެވި ކަމަށެވެ. ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ މި ދަތުރުފުޅަކީ "މިލަދެކުނު އަދަބީ އީދު 2019" ޝަރަފުވެރި ކޮށްދެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާ އަންނަނީ އެމަނިކުފާނަށް ވަގުތުވީ މިންވަރަކުން ރާއްޖޭގެ ރަށްރަށުގައި ބާއްވާ މިފަދަ ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ. އެގޮތުން ދާދިފަހުންވެސް އެމަނިކުފާނު ވަނީ ރ. އަލިފުށި ގޯލްޑަން ޖުބްލީގައި ބައިވެރިވެވަޑައިގެންފައެވެ.