Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

ކަތުރުފަނި ނައްތާލާތީ ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ކެންސަލް

ކްރިމިނަލް ކޯޓު ކައިރީގައި ފުލުހުންތަކެއް: ފޮޓޯ / ރާއްޖެ އެމްވީ

ކްރިމިނަލް ކޯޓުގައި ކަތުރުފަނި ނައްތާލުމަށް ބޭސް ޖަހާފައިވާތީ މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ހުރިހާ ޝަރީއަތެއް އެކޯޓުން ކެންސަލް ކޮށްފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ބުނީ ކްރިމިނަލް ކޯޓުގެ އިމާރާތުގައި ކަތުރު ފަނި އަޅާފައިވާތީ އެ ފިލުވުމަށް ބޭސް ޖަހާފައިވާ ކަމަށެވެ. އެހެންކަމުން އެ ކޯޓުގައި މިއަދަށް ތާވަލު ކޮށްފައި ހުރި ޝަރީއަތްތައް ކެންސަލް ކޮށްފައިވާ ކަމަށް އެފަރާތުން ހާމަކުރެއެވެ. ނަމަވެސް ބަންދުގެ މުއްދަތު ޖެހުން ޖަސްޓިސް ބިލްޑިންގްގައި ކުރިއަށް ދާނެ ކަމަށް ޑީޖޭއޭއިން މައުލޫމާތުދެއެވެ.

މާދަމާގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުން ކެންސަލް ކޮށްފައިވާއިރު އެކޯޓުގައި ނުނިމި ގިނަ މައްސަލަތަކެއް އެބަހުއްޓެވެ. އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ވަނީ ވީހާވެސް އަވަހަށް އެ މައްސަލަތައް ބަލާ ނިންމުމަށް ކްރިމިނަލް ކޯޓަށް އިރުޝާދު ދީފައެވެ. މިއަދުވެސް އެކޯޓުގައި ބޮޑެތި މަރުތަކާއި ގުޅޭ މައްސަލަތަކެއް އޮތީ ތާވަލު ކޮށްފައެވެ.