Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

ފެންގަނޑަށް ވެއްޓުނު ކުއްޖާ އިތުރު ފަރުވާއަށް މާލެއަށް!

ފިރިހެން ކުއްޖާ ވެއްޓުނު މަސް ފެންގަނޑު - ފޮޓޯ: ޕޮލިސް

އިއްޔެ ލ. ގަމުގެ ގެއެއްގެ ތެރޭގައި ހަދާފައި ހުރި މަސް ފެންގަނޑަކަށް ވެއްޓި ހާލު ސީރިއަސްވި ދެ އަހަރުގެ ފިރިހެން ކުއްޖާ މާލެ ގެނެސް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އިއްޔެ ހަވީރު 3:30 ހާއިރު ހާއިރު ގަމުގެ ގެއެއްގެ ގޯތި ތެރޭގައި ހުރި މަސް ފެންގަނޑަކަށް އެ ގޭގައި ދިރިއުޅޭ އުމުރުން ދެ އަހަރުގެ ކުއްޖަކު ވެއްޓުނު މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ލ.ގަމު ހޮސްޕިޓަލުގައި އެ ކުއްޖާއަށް އިއްޔެ ފަރުވާދީފައިވާއިރު އިތުރު ފަރުވާއަށް ރޭ ވަނީ މާލެ ގެނެސްފައެވެ. ފުލުހުން އަންނަނީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބަލަމުންނެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ކުއްޖާ އެ ހޮސްޕިޓަލަށް ގެނެސް ފަރުވާ ދޭން ފެށީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. އޭނާގެ ހާލު އަދިވެސް ސީރިއަސް ކަމަށާއި އަދި މިހާރު އެކުއްޖާއަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައި ވެންޓިލޭޓަރެއްގެ އެހީގައެވެ.