Last Updated: June 10, 00:02
Tuesday, June 9, 2026
މުނިފޫހިފިލުވުން

"ޑިޓެކްޓިވް ބިއޮމްކޭޝް ބަކްޝީ" އަންނަ އަހަރު

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އާއި ދިބާކަރު ބެނަޖީ ޕްރޮޑަކްޝަން (ޑީބީޕީ) ގުޅިގެން ގެނެސްދޭ ފުރަތަމަ ފިލްމް "ޑިޓެކްޓިވް ބިއޮމްކޭޝް ބަކްޝީ" ގެ ލީޑް ރޯލަށް ޒުވާން އެކްޓަރު ސުޝާންތު ސިންގް ރާޖްޕުޓް ހަމަޖައްސައި ފިލްމް އަންނަ އަހަރު ރިލީޒް ކުރާ ގޮތަށް ހަމަޖަައްސައިފި އެވެ.

ވައިއާރްްއެފްގެ ވެބްސައިޓްގައިވާ ގޮތުން މި ފިލްމް ސިނަމާތަކަށް އަންނާނީ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ. ފިލްމްގެ ޝޫޓިން ފެށުމަށް ހަމަޖެހިފައި ވަނީ ޖެނުއަރީ މަހު އެވެ. އެހެން ނަމަވެސް ސުޝާންތު ފިޔަވައި ފިލްމްގެ އިތުރު ތަރިންނާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

"ޑިޓެކްޓިވް ބިއޮމްކޭޝް ބަކްޝީ" އަކީ "ކައި ޕޯ ޗޭ" އިން ބޮލީވުޑަށް ތައާރަފްވި ސުޝާންތު ސޮއި ކުރި ވައިއާރްފްގެ ދެވަނަ ފިލްމެވެ.

ފުރަތަަމަ ފިލްމަކީ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ރިލީޒް ކުރަން ހަމަޖެހިފައިވާ "ޝުދް ދޭސީ ރޮމާންސް" އެވެ.

"ޑިޓެކްޓިވް ބިއޮމްކޭޝް ބަކްޝީ" އަކީ "ލަވް ސެކްސް އޯރް ދޯކާ" އާއި "އޮޔޭ ލަކީ އޮޔޭ" ފަދަ ފިލްމްތައް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ ދިބާކަރު ވައިއާރްއެފް އާ ގުޅިގެން ގެނެސްދޭ ފުރަތަމަ ފިލްމެވެ.

މި ފިލްމްގެ ވާހަކަ ބިނާކޮށްފައި ވަނީ މަޝްހޫރު ބެންގާލީ ލިއުންތެރިޔާ ސަރަދިނޫ ބެނަޖީގެ ވާހަކައެއްގެ މައްޗަށެވެ.
މި ވާހަކައިގައި ކިޔައި ދެނީ 1940 ގެ އަހަރުތަކުގައި ކަލްކަތާގައި ހިނގާ ސިޔާސީ އަދި ހަމަނުޖެހުން ބޮޑު ގާތުލްއާންމެއްގެ ހާދިސާތަކެވެ.