Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

ދަރިވަރަކު ގޮވައިގެން ކޮޓަރިއަކަށް ދިޔަ ބިދޭސީ ޓީޗަރެއްގެ މައްސަލައެއް ބަލަނީ

ފޮޓޯ- ޕޮލިސް މީޑިއާ

ދަރިވަރަކާއި އެކު އެކަހެރި ކޮޓަރިއެއްގައި ހުރި ޓީޗަރަކު ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސް މައްސަލަ ބަލަން ފަށައިފިއެވެ.

"އައްޑޫލައިވް"އަށް އެނގިފައިވާ ގޮތުގައި ދެކުނުގެ ރަށެއްގެ އުމުރުން 18 އަހަރުން ދަށުގެ އެ ދަރިވަރު ގޮވައިގެން ޓީޗަރު ގޮސްފައިވަނީ ޓީޗަރު ދިރިއުޅޭ ގެއަށެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ދަރިވަރު ގޮވައިގެން ޓީޗަރު އުޅޭ ގެއަށް ވަނުމުން ފަހަތުން ގޮސް ފާރަލީ ބައެކެވެ.

މިހާދިސާ އާއި ގުޅިގެން ޓީޗަރު ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ،