Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

2023ގެ އިންތިހާބަށް ޖޭޕީގެ ކެންޑިޑޭޓެއް ނިކުންނާނެ: ގާސިމް

ގާސިމް އިބްރާހީމް -- ފޮޓޯ / ވީނިއުސް

ދެހާސް ތޭވީސްވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ފަރާތުން ކެންޑިޑޭޓަކު ނިކުންނާނެ ކަމަށް އެޕާޓީން އިއުލާން ކޮށްފިއެވެ.

ޖޭޕީއަށް އަލަށް ގުޅުނު މެންބަރުންތަކެއް ސޮއި ކުރުމަށް ބޭއްވި ހަފްލާއެއްގައި މިރޭ ކުނޫޒުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އެޕާޓީ ވަރުގަދަ ކުރުމުގެ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދެއަހަރެއްހާ ދުވަހުގެ ތެރޭގައި އެޕާޓީއަށް 30،000 މެންބަރުން އިތުރު ކުރުމަކީ އަމާޒެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަންނަ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ކެންޑިޑޭޓަކު ނިކުންނާނެ. އެއީ އަޅުގަނޑުތޯ އެހެން ބޭފުޅެއްތޯ އެކަން އެގޮތަށް ނިންމަވާނީ ޕާޓީން،" ގާސިމް ވިދާޅުވިއެވެ.

މިހާތަނަށް ބޭއްވި ކޮންމެ ރިޔާސީ އިންތިހާބެއްގައިވެސް ނަތީޖާ ނެރެފައިވަނީ ގާސިމް ނިންމަވާ ނިންމެވުމަކުންނެވެ. އެގޮތުން ގާސިމް ވިދާޅުވީ އަބަދު އެޕާޓީ ތިންވަނަ ނުވަތަ ދެވަނައިގައި ނޯންނާނެ ކަމަށެވެ. އެހެންކަމުން އެޕާޓީވެސް އެއްވަނަ ޕާޓީގެ ގޮތުގައި އޮންނާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ އެޕާޓީ ރިފޯމް ކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާ ކަމަށެވެ.