Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ކޮލޮމްބޯ ދަތުރުތަކަށް ޚާއްސަ ސޭލްއެއް

ސްރީ ލަންކަން އިން ގަމުން ކޮލޮމްބޯއަށް މިހިނގާ ސެޕްޓެމްބަރު މަހުން ޖެނުއަރީ މަހަށް ޚާއްސަ އަގުތަކެއްގައި ދަތުރުކުރެވޭ އޮފާއެއް ފަށައިފިއެވެ.

އެގޮތުން މިއަދާއި މާދަމާ ޓިކެޓު ބުކް ކުރައްވާ ފަރާތްތަކަށް ސެޕްޓެމްބަރު 19 އިން ޖެނުއަރީ 31 އާ ހަމައަށް މިފެއާގައި ބައިވެރިވެވޭ އިރު ފެއާގެ ދަށުން ގަމުން ކޮލޮމްބޯއަށް އެއްކޮޅު ޓިކެޓެއްގެ އަގަކީ 176 ޑޮލަރެވެ. އަދި ދެކޮޅު ޓިކެޓު މިޕްރޮމޯޝަންގެ ދަށުން 290 ޑޮލަރަށް ލިބޭނެއެވެ.

ނަމަވެސް ސްރީ ލަންކަން އިން ފެށި މިސޭލް އަކީ މިއަދާއި މާދަމާ ކުރިއަށްދާނެ ސޭލްއެކެވެ. އެހެންކަމުން ސޭލްގައި ބައިވެރިވުމަށް މިދެދުވަހު ޓިކެޓު ބުކް ކުރަން ޖެހޭނެއެވެ.