Last Updated: June 8, 19:18
Monday, June 8, 2026
ޚަބަރު

އަންހެން ދަރިވަރަކާއި އެކު ކޮޓަރިއެއްގައި ހުއްޓާ ހައްޔަރުކުރި ޓީޗަރު ދޫކޮށްލައިފި

އުމުރުން 18 އަހަރު ނުވާ އަންހެން ދަރިވަރާއި އެކު ކޮޓަރިއެއްގެ ތެރޭގައި ތިއްބާ ހައްޔަރު ކުރި ބިދޭސީ ޓީޗަރު ބަޔާން ނެގުމަށްފަހު ދޫކޮށްލައިފިއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޓީޗަރު ދޫކޮށްލާފައިވަނީ އޭނާ ފުލުސް ސްޓޭޝަނަށް ގެންގޮސް ބަޔާން ނެގުމަށްފަހުއެވެ.

އިއްޔެ ހަވީރު ބިދޭސީ ޓީޗަރު ހައްޔަރުކޮށްފައިވަނީ އޭނާ ދަރިވަރު ގޮވައިގެން އެގެއަށް ވަނުމުން އާއްމުންގެ ބަޔަކު އެގެއަށް ވަދެ ފުލުހުންނަށް މައްސަލަ ހުށަހެޅުމުންނެވެ.

އެ ހާދިސާއަށް އާއި ގުޅިގެން ހައްޔަރުކުރި ޓީޗަރު ބުނީ އެ ދަރިވަރު އެގެއަށް ދިޔައީ ޓިއުޝަނަށް ކަމަށާއި، ތުހުމަތު ކުރާ ފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށެވެ. އަދި އެ ކުއްޖާ އެގެއަށް ދިޔައީ ބެލެނިވެރިޔާއަށް އެނގިން ކަމަށް ޓީޗަރު ބުންޏެވެ.