Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

އިންސާނީ ވަގުފާރި ކުރާ 24 ކުންފުންޏެއްގެ މައްސަލަ ބަލަނީ

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންތަކެއް - ފޮޓޯ: އިމިގްރޭޝަން

އިންސާނީ ވަގުފާރި ކުރާ ކަމަށް ޝައްކު ކުރެވޭ 24 ކުންފުންޏެއްގެ މައްސަލަ ފުލުހުންނާ ގުޅިގެން ބަލަމުންދާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން ބުނީ އެ 24މައްސަލަ ފުލުހުންނަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަތަކަކީ އިމިގްރޭޝަނަށް ޝައްކު ކުރެވޭ މައްސަލަތަކެއް ކަމަށް އެ މުއައްސަސާއިން ވަނީ ބުނެފައެވެ. އެގޮތުން އެ މައްސަލަތަކަކީ ޖިނާއީ މައްސަލަތަކެއް ކަމަށް އިމިގްރޭޝަނުން ބުނެއެވެ. މީގެ އިތުރުންވެސް އިތުރު މައްސަލަތައް ފުލުހުންނާއި ގުޅިގެން ބަލަމުން ގެންދާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނާއި ފުލުހުންނާއި ގުޅިގެން އިންސާނީ ވަގުފާރީ ކުރާ 24 ކުންފުންޏެއްގެ މައްސަލަ ބަލަމުން އަންނައިރު މިދިޔަ ހަފްތާގެ ތެރޭގައި ގަވާއިދާއި ހިލާފަށް އުޅުނު ދެ ބިދޭސީއަކު ވަނީ ޑީޕޯޓު ކޮށްލާފައެވެ. އޭގެތެރެއިން އެކަކަކީ މަނީ ލޯންޑަރިންގެ ތުހުމަތުވެސް ކުރާ މީހެކެވެ. އަދި އެފަދަ މީހެއްގެ މައްސަލަ ނުބަލާ ޑީޕޯޓު ކޮށްލުމުން އާއްމުން އަންނަނީ އިމިގްރޭޝަނަށް ފާޑުވެސް ކިޔަމުންނެވެ.