Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

އަންގާރަ ދުވަހު މޭޔަރު ކޯޓަށް!

އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ): އަންގާރަ ދުވަހު ކޯޓަށް ހާޒިރު ވާން ޖެހޭ. ފޮޓޯ/ އެމްޑީޕީ

ތަރިކަ މައްސަލަތަކާ ގުޅޭ ގޮތުން އައްޑޫ ސިޓީ ކައުންސިލް އިދާރާށް ފޮނުވާފައިވާ ގިނަ އަދަދެއްގެ ސިޓީތަކަށް ޖަވާބު ދީފައި ނުވާތީ އެކަމާ ގުޅޭ ގޮތުން ސާފު ކުރަން ޖެހޭ މައުލޫމާތުތަކެއްް ސާފު ކުރުމުގެ ގޮތުން އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އަންނަ އަންގާރަ ދުވަހު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި އެވެ.

ކޯޓްގެ އޮފިޝަލަކު ވިދާޅުވީ މޭޔަރު ކޯޓަށް ހާޒިރުވާން އަންގާފައި ވަނީ އެ ދުވަހުގެ ހެނދުނު 10:15 އަށް ކަމަށެވެ.

އޭނާ ވިދާޅުވީ ތަރިކަ މައްސަލަތަކާ ގުޅޭ ގޮތުން އާންމުން ކައުންސިލް އިދާރާ އަށް ފޮނުވާފައިވާ ގިނަ އަދަދެއްގެ ސިޓީތަކަށް ކައުންސިލުން ޖަވާބު ނުދީގެން ވަރަށް ގިނަ ޝަކުވާތަކެއް ކޯޓަށް ހުށަހެޅިފައިވާ ކަމަށެވެ.

އެހެންވެ އެކަން އިތުރަށް ކޯޓުން ބަލަން ބޭނުންވާ ކަމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބުންޏެވެ.