Last Updated: June 6, 06:06
Saturday, June 6, 2026
ދުނިޔެ

ރަސޫލާއަށް ބަދުބަސް ބުނި ހިންދޫ ޓީޗަރަކު ހައްޔަރުކޮށްފި

ޕާކިސްތާނު ސްކޫލެއްގެ ހެޑްމާސްޓާރ ރަސޫލާއަށް ބަދުބަސް ބުނެ ހަޖޫ ޖެހިކަމަށް ދަރިވަރަކު ބުނުމުން އޭނާ ހައްޔަރުކޮށްފިއެވެ.

ސިންދު ޕްރޮވިންސްގެ މިސްކޫލަކީ އޭނާގެ އަމިއްލަ ސްކޫލަށް ކަމަށް މައުލޫމާތު ލިބެއެވެ. ދަރިވަރަކު އޭނާގެ މިއަމަލު ރިޕޯޓުކުރުމުން އެ ޕްރޮވިންސްގައި ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް އުފެދިފައެވެ.

އެގޮތުން ބަޔަކު ވަނީ ހިންދޫން އަޅުކަން ކުރުމަށް ދާ ފައްޅިއަކަށް ވެސް ގެއްލުން ދީފައެވެ. ހެޑްމާސްޓަރާއެކު އިތުރު ބަޔަކުވެސް މިމައްސަލާގައި ވަނީ ހައްޔަރުކޮށްފައެވެ. ފައްޅިއަށް ހަމަލާދިން މީހުންނާއެކު 43 މީހަކު ވަނީ މިހާރު ހައްޔަރުކޮށްފައެވެ.

ނަމަވެސް ރަސޫލާއަށް ހަޖޫ ޖެހި މީހާ ކުށަށް އިއުތިރާފް ވެއްޖެނަމަ ނުވަތަ ކުށް ސާބިތުވެއްޖެނަމަ އޭނާއަށް މަރުގެ ހުކުމް އަންނާނެއެވެ. ފައްޅިއަށް ގެއްލުން ދިން މީހުންނަށް ލިބޭނީ ލުއި އަދަބެކެވެ.