Last Updated: April 18, 13:36
Thursday, April 18, 2024
ވިޔަފާރި

ފަންނު އެކްސްޕޯ އިފްތިތާހު ކޮށްފި

ފަންނު ވެރިންނަށް އިތުރު ފުރުސަތު ތަކެއް ހޯދައިދޭން ބާއްވާ ފަންނު އެކްސްޕޯ ރަސްމީކޮށް މިރޭ އިފްތިތާހުކޮށްފި އެވެ.

ނެޝަނަލް އާޓްގެލަރީގައި ބޭއްވި ރަސްމިއްޔާތެއްގައި ފަންނު އެކްސްޕޯ އިފުތިތާހު ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

މި ރަސްމިއްޔާތުގައި ފަންނު އެކްސްޕޯ 2019 ގެ ރަސްމީ ވީޑިއޯ ވެސް ދައްކާލި އެވެ. މި ރަސްމިއްޔާތުގައި ފަންނު އެކްސްޕޯއިން ހޮވާލެވޭ އެންމެ ރަނގަޅު ފަސް ފަރާތެއް ހޮވައި، އެ ފަރާތް ތަކަށް ލުއި ލޯނުގެ ފުރުސަތު ދިނުމުގެ ގޮތުން އެސްއެމްއީ ފައިނޭންސިން އެންޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެސްޑީއެފްސީ)އާއި އިކޮނޮމިކް މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ.

ދަރުބާރުގެ އާއި ކުޑަކުދިންގެ ބަގީޗާ އަދި ކަލާފާނު ސްކޫލުގައި ބައިތައް ކުރިއަށްދާ ފަންނު އެކްސްޕޯގައި 250 ސްޓޯލު ހުންނާނެ އެވެ.

މި މަހުގެ 30 ގެ ނިޔަލަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ފަންނު އެކްސްޕޯ އޮންނާނީ، ނޮވެމްބަރު މަހު 22 އިން 28 ގަ އެވެ. ފަންނު އެކްސްޕޯގައި ބައިވެރި ވެވޭ 77 ކެޓަގަރީއެއް ހިމެނެ އެވެ.