Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ފްލެޓު ކޮމެޓީން މުއިއްޒާއި ތޮލާލު އިސްތިއުފާ ދެއްވައިފި

އަހުމަދު ތޮލާލް - ފޮޓޯ: ރައީސް އޮފީސް

ކުރީގެ ސަރުކާރުން ފްލެޓް ދޫކޮށްފައިވާ ގޮތް ބަލައި އިންސާފުން އެކަން ކުރުމަށް އުފެއްދި ކޮމެޓީގެ ނާއިބު ރައީސަކަށް ހުންނެވި މުހައްމަދު މުއިއްޒު އަދުނާނާއި ކޮމެޓީގެ މެމްބަރު އަހުމަދު ތޮލާލް އެ ކޮމެޓީން އިސްތިއުފާ ދެއްވައިފި އެވެ.

މުއިއްޒު އޭނާގެ ފޭސްބުކްގައި ވިދާޅުވީ ފްލެޓް ކޮމެޓީގެ މެމްބަރުކަމުން މީގެ ދުވަސްކޮޅެއް ކުރިން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްތިއުފާ ގަބޫލު ވެސް ކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެޓީގެ މެންބަރު ތޮލާލް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) ގައި މަސައްކަތް ކުރަމުން ފްލެޓު ކޮމެޓީގެ މަސައްކަތްތަކަށް އެކަށީގެންވާ ވަގުތު ނުދެއްވޭ ކަމަށެވެ. އެހެންކަމުން ކޮމެޓީން ވަކިވީ ދެ ފަރާތުން ވެސް އެއްބަސްވެގެން އެ މަސައްކަތަށް އެކަށީގެންވާ ވަރަށް ވަގުތު ދެވޭނެ ބޭފުޅަކަށް ފުރުސަތު ދީ އެކަންތައް އަވަހަށް ނިންމާލުމަށް ކަމަށް ތޮލާލް ވިދާޅުވިއެވެ.

ތޮލާލްގެ ބަދަލުގައި ފްލެޓް ކޮމެޓީ އަށް، ގާނޫނީ ވަކީލެއް ކަމަށްވާ ތޯހާ މުހައްމަދު ރައީސް އިބްރާހީމް މުހައްމަދު ސާޅިހު މިހާރު ވަނީ އައްޔަންކުރައްވާފައިވާ އެވެ.

އެ ކޮމެޓީގައި ދެން ތިއްބަވަނީ ފާތިމަތު ސާއިރާ، ނުޒުހާ އަލީމާ އަދި ބަންޑާރަ ނައިބު އޮފީހުގެ ވަކީލެއް ކަމަށްވާ އަލީ ޝުހައިލެވެ.