Last Updated: April 27, 10:05
Saturday, April 27, 2024
ޚަބަރު

ފިލަން އުޅުނު ކަމަށް އަދީބު އިއުތިރާފު

ސްޕްރީމް ކޯޓުގެ އަމުރަކަށް ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ރާއްޖެއިން ބޭރަށް ގޮސް ފިލަން މަސައްކަތްކުރި ކަމަށް ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އެއްބަސްވެވަޑައިގެންފިއެވެ.

ކްރިމިނަލް ކޯޓުގައި މިއދު އޮތް އަޑު އެހުުމުގައި އަދީބު އެގޮތަށް އެއްބަސްވުމުން މައްސަލަ ބައްލަވާ ގާޒީ ވަނީ އެ މައްސަލައިގެ ހުކުމް ކުރިޔަށް އޮތް ފަސް ދުވަސް ތެރޭގައި ކުރައްވާނެކަން އިއުލާން ކުރައްވާފައެވެ. ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން އެ މައްސަލާގައި އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައި ވަނީ ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އެވެ.

އަދީބު ފިލަން މަސައްކަތް ކުރީ ރާއްޖޭން ފުރައިގެން އިންޑިއާގެ ޓުޓިކޮރިން އަށް ދިޔަ "ވާގޯ 9" ނަމަކަށްކިޔާ ޓަގު ބޯޓެއްގެ ފަޅުވެރިއަކަށް ވެގެން އޮޅުވާލައިގެންނެވެ. ނަމަވެސް އިންޑިއާ އަށް އެތެރެވުމުގެ ކުރިން އެ ގައުމުގެ ސަލާމަތީ ބާރުތަކުން ވަނީ އެ ޓަގު ހިފަހައްޓާ، ރާއްޖެ އާ ހަވާލުކޮށްފަ އެވެ.

އެ މައްސަލާގައި ކްރިމިނަލް ކޯޓުން ވަނީ އަދީބު 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފަ އެވެ. ނަމަވެސް ފަހުން ސްޕްރީމް ކޯޓުން ވަނީ އަދީބުގެ މައްޗަށް ކުރާ މާބިންހުރާ މައްސަލާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ.

އަދީބު ބުނެފައިވަނީ އޭނާ ފިލަން މަސައްކަތްކުރީ އެމްއެމްޕީއާރުސީ މައްސަލާގެ މައުލޫމާތުތައް ފުލުހުންނާ ހިއްސާކުރަމުން ދާތީވެ، ނުފޫޒުގަދަ ފަރާތްތަކަކުން އޭނާ އަށް އިންޒާރުދީ ބިރުދައްކަމުންދާތީ ކަމަށެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް އަދީބު ކޯޓުގައި ވެސް މިހާތަނަށް ބުނެފައެއް ނުވެ އެވެ.

އަދީބު މިހާރު ހުންނަވަނީ ޓެގު އެޅުވުމަށްފަހު ގޭ ބަންދުގައެވެ