Last Updated: April 20, 08:46
Saturday, April 20, 2024
ޚަބަރު

އާ ހޮސްޕިޓަލަށް ފޮށިތަކެއް ގެނެސްދޭނެ ބަޔަކު ހޯދަނީ

އައްޑޫ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު އިމާރާތް ހޮސްޕިޓަލަކަށް ބަދަލުކޮށް ހުޅުވަން ގާތްވެފައިވަނިކޮށް ހުޅުމާލޭގައި ހުރި 13 ގަނޑު ފޮށި އެ ހޮސްޕިޓަލަށް ގެނެސްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

މިނިސްޓްރީ އޮފް ހެލްތުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މިއަދުން ފެށިގެން ފަސް ދުވަސް ތެރޭގައި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ވަޑައިގެން ރެޖިސްޓަރ ކުރަން ޖެހޭ ކަމަށެވެ.

އަދި އަންދާސީ ހިސާބު ހުށައަޅާ ފަރާތްތަކުން މިމަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 09:00 ގައި މި މިނިސްޓްރީ އަށް ވަޑައިގަތުމަށެވެ.

ޓާޝަރީ ހޮސްޕިޓަލުގެ ޚިދުމަތްތައް ނޮވެމްބަރު މަހު ދިނުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި ކުރިއަށް އޮތް އޮކްޓޯބަރު މަހު މުވައްޒަފުން ހޮސްޕިޓަލަށް ބަދަލުކޮށް ޓްރެއިނިން މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.