Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

މީރާގެ އިސް ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މީރާގެ ޚިދްމަތް ދިނުން- ފޮޓޯ: މީރާ

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލެއްވުމުފެ ފުރުޞަތު ސަރުކާރުން ހުޅުއްވައިލައްވައިފިއެވެ.

މި ފުރުޞަތު ހުޅުއްވާލައްވާފައި ވަނީ މިއަދުން ފެށިގެން 30 ސެޕްޓެންބަރު 2019 ވާ ހޯމަ ދުވަހުގެ 14:00 އާ ހަމައަށެވެ. މި ދެ މަޤާމަށް ސަރުކާރުން ފުރުޞަތު ހުޅުއްވައިލައްވާފައި ވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު ތަޞްދީޤު ކުރެއްވުމާ ގުޅިގެންނެވެ.

އެގާނޫނު ފާސްވުމުން ކުރިން އެމަގާމުގައި ހުންނެވި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްޒޭޝަން އަދި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްޒޭޝަންގެ މަގާމު ވަނީ ގެއްލިފައެވެ.

މި ދެމަޤާމަށް ކުރިމަތިލެއްވުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.