Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އަނެއްކާވެސް ވަގު ޕާސްޕޯޓެއް ހިފައިގެން އައި މީހަކު ހިފަހައްޓައިފި

ވަގު ޕާސްޕޯޓެއް ބޭނުންކޮށްގެން ރާއްޖެއަށް ވަންނަން އުޅުނު މީހަކު އަނެއްކާވެސް އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.

އިމިގްރޭޝަނުން ރޭ ބުނީ ވަގު ޕާސްޕޯޓެއް ހިފައިގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީއަކު ހިފަހައްޓާފައިވާ ކަމަށެވެ. މީގެކުރިން އިމިގްރޭޝަނުން ބުނެފައިވަނީ މިއަހަރުގެ މިހާތަނަށް ވަގު ޕާސްޕޯޓު ހިފައިގެން ރާއްޖެއަށް 11 މީހަކު އެތެރެވާން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ފަސް އަންހެނުންނާއި ހަ ފިރިހެނެކެވެ.

ބިދޭސީންގެ މައްސަލަތައް ބޮޑު ރާއްޖޭގައި ދާދިފަހުން އިމިގްރޭޝަނުން ވަނީ ގާނޫނާއި ގަވާއިދުތަކާއި ހިލާފަށް އުޅުނު ދެ ބިދޭސީއަކު ޑީޕޯޓު ކޮށްލާފައެވެ. އަދި އިއްޔެ ބޭއްވި ވަޒީރުން މަޖިލީހުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަށްޓަކައި ސަރުކާރުގެ މަތީ ފެންވަރުގެ ޓާސްކް ފޯހެއް އެކުލަވާލުމަށް ވެސް ނިންމާފައެވެ.