Last Updated: April 25, 06:02
Thursday, April 25, 2024
ދުނިޔެ

އިންޑޮނީޝިޔާގެ ޖަންގަލިތަކުގައި ރޯވެ ސަރަހައްދު ދުމުން ފުރިފައި

އިންޑޮނީޝިޔާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން އުފެދިފައިވާ ދުމުން ސަރަހައްދުގެ ގައުމުތައް ފުރާލައިފިއެވެ.

އިންޑޮނިޝިޔާގެ އަވަށްޓެރި މެލޭޝިޔާ އަދި ސިންގަޕޫރަށް ދުމުގެ އަސަރު ވަރަށް ބޮޑަށް ކުރަމުންދާއިރު މެލޭޝިޔާގެ ގިނަ އަދަދެއްގެ ސްކޫލްތައް ވެސް ވަނީ ދުމުގެ ސަބަބުން ބަންދުކޮށްފައެވެ.

އަލިފާންގަނޑު ފެތުރިފައިވަނީ ބިން ހުސްކުރުމަށް އެސަރަހައްދުގެ ބަޔަކު ރޯކޮށް ހެދުމުގެ ސަބަބުން ކަމަށް ޚަބަރު ލިބެއެވެ. ސަރުކާރުން ވަނީ 200 އަށްވުރެ ގިނަ މީހުން މިކަމުގެ ތުހުމަތުގައި މިހާރު ހައްޔަރުކޮށްފައެވެ. އަދި އަލިފާންގަނޑު ނިއްވުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރަމުން އަންނަ ކަމަށް ސަރުކާރުގެ ތަރުޖަމާނުން ވަނީ ބުނެފައެވެ.

އަންގާރަ ދުވަހު 52 މަތިންދާބޯޓު ބޭނުންކޮށް މަތިން އަލިފާންގަނޑު ނިއްވުމަށް ފެން އޮއްސުމުގައި ވަނީ ހަރަކާތްތެރިވެފައެވެ. އަދި ޖަންގަލިތަކުގައި އިތުރު 5،500 ސިފައިން ވަނީ އަލިފާންގަނޑު ނިއްވުމުގައި ހަރަކާތްތެރިވަމުންނެވެ.

މީގެ އިތުރުން މެލޭޝިޔާ އަދި އިންޑޮނީޝިޔާ އިން އަންނަނީ ވާރޭ ވެހޭ ގޮތަށް އެކި ކަހަލަ މަސައްކަތް ކުރަމުންނެވެ.