ރާއްޖޭގެ މަސްވެރިން ބާނާ މަސް ކިރޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ކީކިމިނީގައި މަސް ކިރޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ފަށައިފިއެވެ.
އެސްޓޯއޭގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ އުންމީދުކުރަނީ ވަރަށް އަވަހަށް ކީކިމިނިން ވެސް މަސްވެރިންނަށް މަސްކިރޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް 3 ދުވަސްތެރޭ މަސް ދޯނި ފަހަރުތަކުން މިހާރަށްވުރެވެސް ގިނަ މަސް ކިރޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާވެސް ވަނީ މި ދުވަސްވަރަކީ މަސްވެރިކަން ރަނގަޅު ދުވަސްވަރެއްކަން ފާހަގަކުރައްވާ ސަރުކާރުން ކުރާ އެ މަސައްކަތުގައި ހުރިހާ މަސްވެރިންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.
From Felivaru we've now traveled to Keekimini. Hoping to get it started and going in 3 days so we can take on even more fish from the fishing dhonis. Fishing is extremely good these days Alhamdhulillah & we must ensure all support.
— Amr 🎈 (@HusenAmr) September 18, 2019
ފެލިވަރުގެ އިތުރުން ކީކިމިނިން މަސް ކިރޭނެ އިންތިޒާމް ހަމަޖައްސަމުގެ މަސައްކަތް ކުރަމުން އަންނައިރު އަމްރު ވަނީ މަސްވެރިންނާއި ވެސް ބައްދަލުކުރައްވާފައެވެ. އަދި މަސްވެރިންނަށް ދިމާވާ ދަތިތައް އޭނާ ވަނީ އޮޅުން ފިލުވާފައެވެ.
މި ދުވަސްވަރަކީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށްވެފައިވާ ދުވަސްވަރެކެވެ. ސަރުކާރު މަސް ކުންފުނި މިފްކޯއިން ބުނެފައި ވަނީ މަހުގެ އަގު ދަށްވެފައި ވީނަމަވެސް މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަ އަގަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށެވެ.
ނަމަވެސް ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ވަރަށް ބޮޑަށް ދަށްވެފައި ވާތީ، މަސް ބޭރު ނުކުރެވުމާ ގުޅިގެން ހޮރައިޒަން، މާންދޫއަށް މަސް ގަންނަ މިންވަރު ކޮންޓްރޯލް ކޮށްފައިވާ ކަމަށް އެ ކުންފުނިތަކުން ވަނީ ބުނެފައެވެ.