ޗައިނާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ބައްދަލުކުރައްވައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ޗައިނާގެ ވެރިރަށް ބެއިޖިންގައި ކިޔަވަންތިބޭ ދިވެހި ދަރިވަރުންނާ މިނިސްޓަރު ޝާހިދު ބައްދަލުކުރައްވާފައިވާކަމަށެވެ. މި ބައްދަލްކުރެއްވުމުގައި ދަރިވަރުންގެ ކިޔެވުމުގެ ކަންކަން ކުރިއަށްދާ ގޮތް މިނިސްޓަރު ވަނީ އޮޅުއްފިލުއްވާފައެވެ.
ފޮރިން މިނިސްޓަރު ޗައިނާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ ފޮރިން މިނިސްޓަރު ކަމާއި ހަވާލުވެވަޑައިގެން ޗައިނާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އެގޮތުން ޗައިނާގެ ނައިބު ރައީސް ވަންގް ގިޝަން އާއި ފޮރިން މިނިސްޓަރު ވާންގް ޔީއާ ބައްދަލު ކުރައްވާ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ފޮރިން މިނިސްޓަރުގެ ދަތުރުފުޅުގައި އޭޝިއަން އިންފްރާސްޓްރަކްޗާ ބޭންކް (އޭއައިއައިބީ) ގެ ނައިބު ރައީސް އަދި ޗީފް އިންވެސްޓްމަންޓް އޮފިސަރު ޑީ ޖަގަތީސާ ޕާންޑިއަންއާ ވެސް ވަނީ ބައްދަލު ކުރައްވާފައެވެ.