Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ފޭރުނު މީދޫ މީހެެއްގެ މައްސަލަ ޕީޖީ އަށް

ދައްކަން ޖެހޭ ފައިސާތަކެއް ހުރި ކަމަށް ބުނެ އެކި ދުވަސް މަތިން 2 މީހަކަށް ބިރު ދައްކައި، އެ މީހުންގެ މުދާ ފޭރި ގަނެ، މަޖުބޫރުން ތަންތަނަށް ގެންގޮސް އެ މީހުންގެ މުދަލަށް ގެއްލުންދީފައިވާ މައްސަލަ އާ ގުޅިގެން ސ. މީދޫ މީހަކާ އެކު އިތުރު ހަތަރު މީހެއްހެ މައްޗަށް ދަޢުވާ ކުރަން ޕްރޮސެކިޔުޓަ ޖެނެރަލް (ޕީޖީ) އަށް ފުލުހުން ފޮނުވައިފި އެވެ.

މި މައްސަލާގައި ދަޢުވާ ކުރަން ޕީޖީ އަށް ފޮނުވާފައި ވަނީ ސ. މީދޫ، އިރާކް، މުޙައްމަދު ހާމިދު، 26، އާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކުރީގެ މެމްބަރު ކ. މާލެ، ގ. ރޭނިސް، މުޙައްމަދު ސަލީމް، 46، އާއި ކ. މާލެ، ހ.ހިލްޓަން، އަޒުލީފް ރަޢޫފް، 28، އާއި އާއި ހއ. ދިއްދޫ، އޯޓަމްވާދީ، ޢުބައިދުﷲ ސަޢީދު ، 29، އަދި ކ. މާލެ، ގ.މޫންލައިޓްވިޔު، ޢަބްދުﷲ ޢުނައިސް، 42، ގެ މައްޗަށެވެ.

މި ފަސް މީހުންގެ މައްޗަށް ދަޢުވާ ކުރަން ޕީޖީ އަށް ފޮނުވާފައި ވަނީ އެކި ދުވަސް މަތިން ދެ2 މީހަކަށް ބިރު ދައްކައި ބަޔަކަށް ދޭން ޖެހޭ ފައިސާތަކެއް އަތުލަން އުޅުމާއި ފައިސާ ދައްކަންދެން ސައިކަލެއް ފޭރިގަނެ، އެ މީހުންގެ ގަޔަށް އަތްލާ، މަޖުބޫރުން ތަންތަނަށް ގެންގޮސް އެ ދެ މީހުން ނިސްބަތްވާ އޮފީހަކަށް ވަދެ އެ ދެ މީހުންނަށް ބިރު ދައްކައި އެ އޮފީހުގެ ތަކެއްޗަށް ގެއްލުންދީފައިވާ މައްސަލައާ ގުޅިގެންނެވެ.

މި މައްސަލައިގެ ތަޙުޤީޤު ނިންމައި ދައުވާ ކުރަން ޕީޖީ އަށް ފޮނުވީ މި މަހުގެ 26 ވަނަ ދުވަހު އެވެ.