އިމިގްރޭޝަނުން ދާދިފަހުން ޑީޕޯޓު ކޮށްލި ގަވާއިދާއި ހިލާފަށް އުޅުނު ދެ ބިދޭސީން ޑީޕޯޓު ކޮށްލީ އެމަނިކުފާނާއި މަޝްވަރާ ކުރައްވާފައި ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ އެކަން ހިނގައިގެން ދިޔައީ ރަނގަޅަށްތޯ އެމަނިކުފާނު ބައްލަވާނެ ކަމަށެވެ. ރައީސް ވިދާޅުވީ އިމިގްރޭޝަން ގާނޫނެއް އޮންނާނެ ކަމަށާއި އެ މައްސަލާގައި އަމަލުކުރަން ވާނީ އެ ގާނޫނުގައި ބަޔާންކޮށްފައި އޮންނަ ގޮތަށް ކަމަށެވެ.
ދެ ބިދޭސީން ޑީޕޯޓު ކޮށްލި މައްސަލާގައި ރައީސްއާ ވެސް މަޝްވަރާ ނުކޮށް ޑީޕޯޓު ކޮށްލިއިރު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ އެ ދެ ބިދޭސީން ޑީޕޯޓު ކޮށްލީ އެ މިނިސްޓްރީއަށް ވެސް ނޭނގި ކަމަށެވެ. ބިދޭސީންގެ މައްސަލަތައް ސަރުކާރުން ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އެ ދެ ބިދޭސީންގެ ތެރެއިން އެކަކަށް މަނީ ލޯންޑްރިންގެ ތުހުމަތުވެސް ކުރެވެމުން ދެއެވެ.
އިތުރު ތަފްސީލް އަންނަނީ