Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

މަސްގަތުމާއި އެކްސްޕޯޓު ކުރަން ކުދި ވިޔަފާރިތަކަށް ހުޅުވާލައިފި

މަސްވެރިކަން ކުރާ ދޯންޏެއް- ފޮޓޯ: މިފްކޯ

ދިވެހިރާއްޖެއިން ކުރާ ކަޅުބިލަ މަހުގެ ދޮށީގެ މަސްވެރިކަމުގައި ބާނާ މަސް ގަތުމުގެ ފުރުސަތު ކުދި އަދި މެދު ފަންތީގެ ފަރާތްތަކަށް ހުޅުވާލައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ މިނިސްޓްރީގެ އެ ނިންމުމާއި އެކުގައި އިކޮނޮމިކް މިނިސްޓްރީގައި އެސްއެމްއީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ދޫކުރާ ކުދި އަދި މެދު ފަންތީގެ ފަރާތްތަކަށް ދޫކުރާ މަސްގަތުމުގެ ލައިސަންސް ދޫކުރުމުގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށެވެ.

އެ ލައިސެންސް ދޫކުރުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ހަމަސް ދުވަހުގެ މުއްދަތަކަށެވެ. އެ ލައިސަންސް ދޫކުރާނީ ލޯކަލައިޒް ކޮށްފައިވާ ކަލެކްޓާ ބޯޓު ފަހަރަށާއި ޝޯބޭސްޑު ބޭސްޑު ފެސިލިޓީތަކަށް މަސް ގަތުމަށް ނުވަތަ މަސް ގަންނަ ކުންފުނިތަކުން މަސް ގަނެގެން އުޅަނދުފަހަރުގައި އެކްސްޕޯޓު ކުރުމަށް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ ރާއްޖޭގެ ދޮށީގެ މަސްވެރިކަމުން ބާނާ މަސްގަނެ އެކްސްޕޯޓު ކުރުމަށް ޝައުގުވެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މަސް ގަތުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް ފޯމެއް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި އެ ފޯމް އެ މިނިސްޓްރީގެ ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށް އެ އިއުލާނުގައި ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ.