ވޯކް ވިސާ ހެދުމަށް އަސްލާ އެއްގޮތް މެޑިކަލް ރިޕޯޓެއް ބޭނުން ކުރަން އުޅުނު ބިދޭސީއެއް މިއަދު ހިފަހައްޓައިފި އެވެ.
އިމިގްރޭޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަން އެއްގައި ވޯކް ވިސާ ހެދުމަށް ނަކަލު ކޮށްފައިވާ މެޑިކަލް ރިޕޯޓެއް ބޭނުން ކުރަން މަސައްކަތް ކުރި ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވެފައިވާ ބިދޭސީންގެ މައްސަލަތައް އިމިގްރޭޝަނުން ބަލަމުން އަންނައިރު ދާދިފަހުން ވަނީ ދެ ބިދޭސީއަކު ޑީޕޯޓު ވެސް ކޮށްލާފައެވެ. އަދި ސަރުކާރުން ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ބަންގަލްދޭޝް މަސައްކަތްތެރިންގެ ތެރެއިން އަންސްކިލްޑު މަސައްކަތްތެރިން ގެނައުން މަނާވެސް ކޮށްފައެވެ. ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ސަރުކާރުގެ މަތީ ފަންތީގެ ފަރާތްތައް ހިމެނޭ ގޮތަށް ޓާސްކްފޯހެއް އެކުލަވާލުމަށް ނިންމާފައެވެ.