Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދުން ދުރުގައި ތިއްބަވާ:ރެޑް ކްރެސެންޓް

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު، ފޮޓޯ: އަވަސް

މާލޭ ހެންވޭރު ފެހިއާބާދު ގޭގައި ހިނގައިގެން އުޅޭ އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް އާންމު ރައްޔިތުން ނުދިޔުމަށާއި ދުމުން ރައްކާތެރިވުމަށް މާސްކް އެޅުމަށް މޯލްޑިވްސް ރެޑް ކްރެސެންޓްގެ ފަރާތުން އިލްތިމާސް ކޮށްފިއެވެ.

ހ.ފެހިއާބާދުގޭގައި ރޯވި އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރެމުންދާއިރު ފުލުހުންނާއި ސިފައިން މިހާރު އަންނަނީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި އާއްމުން ވެސް އަންނަނީ މިކަމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ރެޑް ކްރެސެންޓުން އާންމު ރައްޔިތުންނަށް ޓްވިޓާ މެދުވެރިކޮށް ކަންތައް ކުރަންޖެހޭގޮތް ހާމަކޮށް، ކޮށްފައިވާ ޓްވީޓްގައިވަނީ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދާއި އަދި ދުމުގެ އަސަރުން ސަލާމަތްވުމަށް އިލްތިމާސް ކޮށްފައެވެ. ބޭރު ތެރޭގައި އުޅޭއިރު ނޭފަތާއި އަނގަ ނިވާ ކުރުމަށްވެސް އެދިފައިވެއެވެ. އަދި މީގެ އިތުރުން ނޭވާލުމަށް އުނދަގޫވެ، ހެޔަށްގޮތްވާ ފަދަ އަލާމާތެއް ފެނިއްޖެނަމަ އަވަހަށް ސިއްހީ ފަރުވާ ހޯދުމަށް ވެސް ރެޑް ކްރެސެންޓްގެ ފަރާތުން ވަނީ ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.

https://platform.twitter.com/widgets.js

މައުލޫމާތު ލިބިފައިވާ ގޮތުގައި ދުމުގެ އަސަރުކޮށްގެން ބައެއް މީހުން މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ވެސް ގެންގޮސްފައެވެ. އޭގެެތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.