Last Updated: April 23, 12:16
Tuesday, April 23, 2024
ޚަބަރު

އަލިފާނުގެ އަސަރު ކޮށްފައިވާ ގެތަކުގެ މީހުންނަށް ވަގުތީ ތަނެއްގެ ގޮތުގައި ކަލާފާނު ސްކޫލް ހަމަޖައްސައިފި

އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދު. ފޮޓޯ: ފޭސްބުކް

ހ. އަބަދަށްފެހި މަގުގައި ހުރި ގެތަކެއްގައި ރޯވެގެން ހިނގާފައިވާ އަލިފާނުގެ ހާދިސާގައި އަސަރު ކޮށްފައިވާ ގެތަކުގެ މީހުންނަށް ވަގުތީ ތަނެއްގެ ގޮތުގައި ކަލާފާނު ސްކޫލް ހަމަޖައްސައިފިއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއިން ވަނީ އަލިފާނުގެ އަސަރު ކޮށްފައިވާ އާއިލާތައް ކަލާފާނު ސްކޫލަށް ދިޔުމަށް އިރުޝާދު ދެއްވާފައެވެ. މިކަމަށް އިޝާރާތް ކުރައްވާ އެ އޮތޯރިޓީއިން ކޮށްފައިވާ ޓްވީޓްގައިވަނީ އާންމުންނާއި މިވާހަކަތައް ހިއްސާ ކުރުމަށް އެދިވަޑައިގެންފައެވެ.

https://platform.twitter.com/widgets.js

މި ހާދިސާގައި ރޯވި އަލިފާންގަނޑު އަދިވެސް ނިއްވާލެވިފައެއް ނުވެއެވެ. އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރެމުންދާއިރު ފުލުހުންނާއި ސިފައިން މިހާރު އަންނަނީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންނެވެ.

އަލިފާން ރޯވެފައި ވަނީ ކެމިކަލް ރައްކާކޮށްފައި ހުރި ތަނެއްގައި ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު މިކަން އަދި މިހާތަނަށް ޔަގީން ކުރެވިފައެއް ނުވެއެވެ. ނަމަވެސް އަލިފާން ރޯވި ވަގުތު އެއްޗެހިތަކެއް ވަރަށް ބާރަށް ގޮވި އަޑު އިވުނު ކަމަށް އެ ސަރަހައްދުގައި ތިބި ފަރާތްތަކާ ހަވާލާދީ ބައެއް މީޑިޔާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އަލިފާން ރޯވެފައިވާ ސަރަހައްދުން ވަނީ ކަރަންޓު ވެސް ކެނޑިފައެވެ. އެހެން ނަމަވެސް އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ދަނީ މެދުކެނޑުމެއްނެތި އަލިފާން ނިއްވުމަށް މަސައްކަތް ކުރަމުންނެވެ.