Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

ވަގުތީ ހިޔާ އަށް ގޮސް އާންމުން ތަކެތި ހަދިޔާ ކުރަން ފަށައިފި

ކަލާފާނު ސްކޫލްގައި ގާއިމުކުރި ރިލީފް ސެންޓަރު - ފޮޓޯ: އާސިމާ ނިޒާރު / ޓްވިޓާ

‎އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު އާއިލާތަކަށް އާއްމުން އެހީތެރިކަން ފޯރުކޮށްދެން ފަށައިފިއެވެ.

‎އެގޮތުން ބައެއް އާއްމުން ވަނީ އަންނައުނާއި ކުޑަކުދިން ކުޅޭ ސާމާނު ގެންގޮސްފައެވެ.

‎ކަލާފާނު ސުކޫލުގައި ތިބި އާއިލާތަކަށް، ބްލޭންކެޓް ބެޑްޝީޓް، ބޯފެން އަދި ކާތަކެތީގެ އިތުރުން ކުޑަކުދިންނަށް ނެޕީ އަދި ލާން ހެދުން ފަދަ ތަކެތި ބޭނުންވާތޯ އެހީތެރިކަން ފޯރުކޮށްދެވޭ މީހުން ކޮށް ދިނުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކުން އަންނަނީ އެދެމުންނެވެ.

‎އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތަކުން 7449656 ނުވަތަ 9976766 ގުޅުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

‎އަލިފާނުގެ ހާދިސާއާ ގުޅިގެން ހުސްކުރި އިމާރާތްތަކުގައި ތިބި ހުރިހާ އެންމެން ކަލާފާނު ސުކޫލަށް ޖަމާވުމަށް ޑިޒާސްޓާ މެނޭޖްމެންޓުން އެދެފައެވެ.

‎ހެންވޭރު ފެހިއާބާދު ގޭގައި ހިނގައިގެން އުޅޭ އަލިފާނުގެ ހާދިސާގެ އަސަރުކޮށް މިހާތަނަށް 56 މީހުން އޭޑީކޭއަށް ފަރުވާ ހޯދުމަށް ގޮސްފައިވާކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ވިދާޅުވެފައެވެ.

‎އަމީން ވިދާޅުވީ އޭޑީކޭއަށް ގެންދިޔަ 56 މީހުންގެ ތެރެއިން 46 މީހަކު ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. އަދި 10 މީހަކަށް އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަ ކަމަށެވެ.