Last Updated: June 8, 19:18
Monday, June 8, 2026
ޚަބަރު

އަލިފާންގަނޑު ވަރަށް ބޮޑަށް ކޮންޓްރޯލް ވެއްޖެ: އެމްއެންޑީއެފް

ހެންވޭރު ފެހިއާބާދުގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވި އަލިފާންގަނޑު ބޮޑު ސަރަހައްދަށް ފެތުރިފައިވާ އިރު އެ އަލިފާންގަނޑު ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ހާދިސާގައި 7 އިމާރާތަކަށް އަލިފާނުގެ އަސަރުކޮށްފައިވާކަމަށެވެ. އެގޮތުން މިއަލިފާނުގެ ހާދިސާގައި ބައެއް އިމާރާތްތައް އަނދާ ހުލިވެ ވެއްޓިފައިވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފްއިން ބުނީ މި ހާދިސާގައި ރޯވި އަލިފާންގަނޑުގެ 90 ޕަސެންޓު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.