Last Updated: April 18, 20:09
Thursday, April 18, 2024
ޚަބަރު

ހިތާމަވެރި ހާދިސާތަކުގައި މިހާ އެއްބައިވަންތަ ރައްޔިތުން އުޅޭ ގައުމެއް ނުދެކެން: މަހްލޫފް

ހިތާމަވެރި ހާދިސާތަކުގައި މިހާ އެއްބައިވަންތަ ރައްޔިތުން އުޅޭ ގައުމެއް ނުދެކޭ ކަމަށް މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވެފައިވަނީ މިރޭ ހ. އަބަދަށްފެހި މަގުގައި ހުރި ގެތަކެއްގައި ހިނގައިގެން އުޅޭ އަލިފާނުގެ ހާދިސާގައި ރައްޔިތުން، ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވާ މިންވަރަށް އިޝާރާތްކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

https://platform.twitter.com/widgets.js

މަހްލޫފްގެ ޓްވީޓްގައި ވަނީ އެހީތެރިކަން ފޯރުކޮށްދެއްވާ ފަރާތްތަކުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ ފޮލޯ ކުރެއްވުމަށް އެދިވަޑައިގެންފައެވެ.
ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ފަޔަރ އެންޑް ރެސްކިއުއިން ވަނީ ހާމަކޮށްފައެވެ.

އަލިފާން ހިފާފައިވާ ގެއެއްގައި ހުރި އަންހެނަކު ގެއްލިހެން ހޯދުމުގެ މަސައްކަތް ވެސް މިހާރުވަނީ ކުރަން ފަށާފައެވެ. އަލިފާން ރޯވި ސަރަހައްދަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުވެސް ވަނީ އަލިފާނުގެ ހާދިސާގައި އެކަކު ނުފެންނަ ކަމަށް ކަމާ ގުޅުންހުރި އިދާރާތަކާއި ހަވާލާ ދެއްވާ މީޑިއާތަކަށް ކަށަވަރު ކޮށްދެއްވާފައެވެ.