Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

އަލިފާނުގެ ހާދިސާގައިވާ މަރަކީ ޝަހީދު މަރެއް: ޑރ. އިޔާޒު

އައިޝަތު ޝައުނާ - ޓްވިޓަރ

އަލިފާނުގެ ހާދިސާގައި ވާ މަރަކީ ޝަހީދު މަރެއް ކަމަށް ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒު މިފަދައިން ވިދާޅުވިއިރު މިރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ވަނީ އައިޝަތު ޝައުނާ ނަމަކަށް ކިޔާ އަންހެނަކު މަރުވެފައެވެ. މި ހާދިސާގައި މަރުވެފައިވަނީ ތ. ބުރުނީއަށް ނިސްބަތްވާ މީހެކެވެ.

ޝައުނާގެ ހަށިގަނޑު ފެނުނީ ކޮން ތަނަކުންކަން ފުލުހުން ހާމަކޮށްފައިނުވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި ހަށިގަނޑު ފެނުނީ އޭނާ ދިރިއުޅޭ އިމާރާތުގެ ތެރެއިންނެވެ.

ޝައުނާގެ ހަށިގަނޑު މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މިރޭ މާލޭގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހެންވޭރު އަބަދަށްފެހި މަގުގައި ހުންނަ ފެހި އާބާދު ކިޔާ ގެއަކާއި، އެގެއާއި އިންވެގެންވާ އިތުރު ގެތަކެއް، އަދި ގުދަންތަކެއްގައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް އެނގިފައެއް ނުވާއިރު އަލިފާންގަނޑު ފެތުރި އެ ހިސާބުގައި ހުރި އެހެން ގެތަކުގައި ވެސް ވަނީ ރޯވެފައެވެ.

އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުލުހުންނާއި ސިފައިން އަދި އާންމުން ވެސް ހަރަކާތްތެރިވަމުން އަންނައިރު ދުމުގެ އަސަރުކޮށްގެން ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭގެތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ.

މިއީ މިފަހުގެ ތާރީހެއްގައި މާލޭގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެވެ.