މާލެ ސިޓީގެ ތޮއްޖެހުން ކުޑަ ކުރުމާއި މަގުތަކުގައި ވެހިކަލް ޕާކް ކުރުމަށްޓަކައި ބޮޑު ޖާގަތައް ހެދުމަށް ފަހު، މާލޭގެ ބޮޑު ސަރަހައްދެއްގައި ހިނގާ ބިނގާވެ އުޅޭ ގޮތަށް ހަމަޖެއްސެމުގެ ވިސްނުން ސިޓީ ކައުންސިލުން ގެންގުޅޭ ކަމަށް ހާމަކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ މާލެ ތޮއްޖެހި ހިތާމަވެރި ހާދިސާތައް ހިންގުން މަދު ކުރުމުގެ ގޮތުން މާލޭގެ ލޭންޑް ޔޫސް ޕްލޭނެއް އޮންނަން ޖެހޭ ކަމަށެވެ.
ލޭންޑް ޔޫސް ޕްލޭނާއި ގުޅޭ ގޮތުން ޝިފާ ވިދާޅުވީ
މާލޭގައި އިތުރަށް ވެހިކަލް ދުއްވާނެ ޖާގައެއް ނެތް ކަމަށެވެ. އެގޮތުން މާލެއަށް އެތެރެ ކުރާ ވެހިކަލްތައް ލިމިޓް ކުރުމަށް ސަރުކާރުގައި އެދުމަށް ނިންމާފައވާ ކަމަށް ޝިފާ ވިދާޅުވިއެވެ.
ކުރިއަށް އޮތް ތަނުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ވެސް އިތުރަށް ޖާގަ ދިނުމުގެ ގޮތުން، މާލޭގައި ޕާކް ކުރާނެ އިތުރު ޖާގަތައް ހަދައި ބައެއް މަގުތަކުގައި ޕާކް ކުރުން މަނާ ކުރެވޭ ގޮތަށް އުސޫލުތައް ހަމަޖައްސާނެ ކަމަށް ޝިފާ ވިދާޅުވި އެވެ.
ޝިފާ ވިދާޅުވީ ލޭންޑް ޔޫސް ޕްލޭން ހަދާއިރު
ބޮޑު ސަރަހައްދެއްގައި ހިނގާ އުޅޭ ގޮތަށް ހަމަޖައްސާނެ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭ ބޭނުންހާ ތަނަކު ބޭނުންހާ ވަގުތަކު ޕާކް ނުކުރެވިދާނެ ކަމަށް، ކުރިއަށް އޮތް ތަނުގައި ކަންކަން ހަމަޖައްސާނީ ގާއިމު ކުރާ ޕާކިން ޒޯނެއްގައި ޕާކް ކޮށްފައި ދާން ބޭނުންވާ ތަނަށް ހިނގާފައިދާ ގޮތަށް،" ޝިފާ ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ޝިފާ ވަނީ މާލެތެރެ އިތުރަށް ބެލެހެއްޓުމަށް އިތުރު މުވައްޒަފުން ބޭނުްވާ ކަމަށް ވިދާޅުވެފައެވެ.