Last Updated: July 1, 04:05
Wednesday, July 1, 2026
ޚަބަރު

"އާކް ޕީސް" އަށް ދައްކަން 200 އަށް ވުރެ ގިނަ މީހުން!

މިހާރު ރާއްޖެ އަށް ޒިޔާރަތްކޮށްފައިވާ ޗައިނާގެ މެޑިކަލް ޝިޕް "އާކް ޕީސް"ގެ ސިއްޙީ ހިދްމަތަށް އެދި އައްޑޫން 200 އަށް ވުރެ ގިނަ މީހުން ނަން ނޯޓު ކޮށްފައިވާކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އިސް އޮފިޝަލަކު ވިދާޅުވީ ނޭވީ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމުން މާދަމާ އައްޑޫގައި ބަލި މީހުންނަށް ފަރުވާ ދޭނެ ކަމަށެވެ. އެގޮތުން 8 ޑޮކްޓަރުން ހިމެނެ ޓީމެއް އައްޑޫގައި ހަރަކާތްތެރިވާނެ އެވެ.

ހޮސްޕިޓަލުން ބުނީ ޑޮކްޓަރަކަށް ދައްކަން ނަން ނޯޓު ކުރެވެނީ 35 މީހުންނަށް ކަމަށެވެ.

"މިޝަން ހާމަނީ 2013" ގެ ނަމުގައި ޗައިނާ އާއި އެމްއެންޑީއެފް ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތް ޖުލައި 5 ވަނަ ދުވަހާ ހަމައަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ 8 ސަރަހައްދެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެެވެ.

މިމެޑިކަލް ހޮސްޕިޓަލް ޝިޕްގެ ޑޮކްޓަރުންގެ ޓީމްތަކުން ހަރަކާތްތެރިވަނީ ، ކ. ގުރައިދޫ، އއ. ރަސްދޫ، އދ. މަހިބަދޫ، ހދ. ކުޅުދުއްފުށި، ޏ. ފުވައްމުލައް، އައްޑޫ ސިޓީ، ބ. އޭދަފުށި، ގއ. ވިލިނގިލި އަދި މާލޭގައި ސެނަހިޔާ ހޮސްޕިޓަލްގަ އެވެ.