Last Updated: June 8, 19:18
Monday, June 8, 2026
ޚަބަރު

ފިއުލް ސަޕްލައިގެ ތެޔޮ ލޮރީއެއްގައި ރޯވެއްޖެ

މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި އޮތް ތެޔޮ ލޮރީއެއްގައި ރޯވެއްޖެއެވެ.

ރޯވެފައިވަނީ އެސްޓިއޯގެ ދަށުން ހިންގަމުން އަންނަ ފިއުލް ސަޕްލައިގެ ތެޔޮ ލޮރީއެއްގައެވެ.

އެމްއެންޑީއެފްއިން ބުނީ ތެޔޮ ލޮރީއެއްގައި ރޯވި ކަމުގެ މައުލޫމާތު ސިފައިންނަށް ލިބުނީ މިރޭ 7:39 ހާއިރު ކަމަށާއި ލޮރީގައި ރޯވި އަލިފާން ގަނޑު ސިފައިން ގޮސް ނިއްވާލާފައިވާ ކަމަށެވެ.

ސިފައިން ބުނީ މިހާދިސާ ހިނގާފައިވަނީ ލޮރީގެ އިންޖީނުގައި ރޯވެގެން ކަމަށެވެ. އަދި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ.

ތޮޔޮ ލޮރީއެއްގައި ރޯވި އިރު މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި މީހަކު މަރުވެ ހަތް އިމާރާތްވަނީ ބިމާއި ހަމަވެފައެވެ.