Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

ތުއްތު ކުއްޖަކު ގޮވައިގެން ފިލި މައްސަލައެއް ނުބަލަން: ފުލުހުން

ހަމަހުގެ ތުއްތު ކުއްޖަކު ގޮވައިގެން އޭނާގެ ބައްޕަ ފިލި ކަމަށް މީޑިއާގައި ދެކެވޭ ވާހަކަ ފުލުހުންނަށް ހުށަހެޅިފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

އަންހެނަކު ވަނީ ތުއްތު ކުއްޖެއްގެ ފޮޓޯއެއް އާއްމުކޮށް އެ ކުއްޖާގެ ހަބަރެއް އެއްވެސް ފަރާތަކަށް ފެނިފައިވޭތޯ ސޯޝަލް މީޑިއާގައި ސުވާލުކޮށްފައެވެ. އަދި އެ ކުއްޖާގެ ހަބަރެއް ވެފައިވާނަމަ އަންހެން މީހާއަށް އަންގާލަ ދިނުމަށް އެ އަންހެން މީހާ ވަނީ ސޯޝަލް މީޑިއާގައި ބުނެފައެވެ.

މި މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނީ މަންމައަށް ނޭނގި ހަމަހުގެ ތުއްތު ކުއްޖަކު ގޮވައިގެން ބައްޕަ ފިލިކަމަށް ބުނެ ފުލުހުންނަށް އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށެވެ. ނަމަވެސް ހަމަހުގެ ކުއްޖަކާއި ގުޅިގެން މިމަހުގެ 20ވަނަ ދުވަހު ހުށަހެޅުނު މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެއީ ކޮން މައްސަލައެއް ކަމެއް ފުލުހުންނެއް ނުބުނެއެވެ.

މިކަމާއި ގުޅޭގޮތުން ޖެންޑާއިންވެސް އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ބައެއް މީޑިއާތަކުގައި ވަނީ މިފަދަ ކަމެއް ހިނގައިގެން އުޅޭ ކަމަށް ބުނެ ރިޕޯޓުކޮށްފައެވެ.