Last Updated: July 1, 04:05
Wednesday, July 1, 2026
ސިޔާސީ

ޔާމީނާއި ޑރ. ޖަމީލް އައްޑޫގައި

ކުރީގެ ރައީސް ޔާމީން އާއި ނައިބް ރައީސް ޖަމީލް، ކެމްޕެއިން ދަތުރުފުޅެއްގައި ގަމުގެ ވައިގެ ބަނދަރު ސަރަހައްދުގައި ޕީޕީއެމް މެމްބަރުން ތަކަކާއި އެކު ފޮތޯއަކަށް ހުއްޓި ވަޑައިގެން.

ޕީޕީއެމްގެ ރިއާސީ ކެންޑިޑޭޓް ޔާމީން އަބްދުލް ގައްޔޫމް އާއި އެމަނިކުފާންގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ހެނދުނު އައްޑު އަށް ވަޑައިގެންފި އެވެ.

ޕީޕީއެމްގެ އައްޑޫ އޮފިޝަލް އިބްރާހިމް ރަޝީދު ވަޖުދީ ވިދާޅުވީ ޔާމީން އާއި ޖަމީލް އައްޑު އަށް ވަޑައިގެން އެ ޕާޓީގެ ކެމްޕެއިން ޖަގަހަ ހުޅުވައި ދެއްވުމާއި ޕާޓީގެ މެމްބަރުންނާއި ބައްދަލުކޮށް ކެމްޕެއިންގެ ހަރަކާތުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.

ރަޝީދު ވިދާޅުވީ މިއަދު މެންދުރު ފަހު ޔާމީން އާއި ޖަމީލް ފޭދޫ، މަރަދޫ އަދި މަރަދޫ ފޭދޫގެ ކެމްޕެއިން އިސް ބޭފުޅުންނާ ބައްދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިރޭ ހިތަދޫގައި ހުންނަ ޕީޕީއެމް ޒުވާނުންގެ ޖަގަހަ ރަސްމީކޮށް ހުޅުވައިދި ނުން އޮންނާނެ ކަމަށެވެ.

ޔަމީން އާއި ޖަމީޅްގެ ދަތުރު ޝެޑިއުލް އާއި ގުޅޭ ގޮތުން ރަޝީދު ވިދާޅުވީ މާދަމާ ދެ ބޭފުޅުން ވެސް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ހުޅުމީދު އަށް ކަމަށެވެ. އެގޮތުން ހުޅުދޫ އަދި މީދޫގައި ޕީޕީއެމްގެ ކެމްޕެއިން ޖަގަހަ ހުޅުވުން އޮންނާނެ ކަމަށެވެ. އަދި މާދަމާ ރޭ ފޭދޫގައި ޕީޕީއެމް ބޮޑު ޖަލްސާއެއް އޮންނާނެ ކަމަށް ރަޝީދު ވިދާޅުވި އެވެ.

މާދަމާ ރޭ ފޭދޫގައި ބާއްވާ ޖަލްސާ އޮންނާނީ ޕީޕީއެމް އޮފީސް ކުރިމަތިން ދިދަ ޖަހައި ތައްޔާރުކޮށްފައިވާ ފަސްގަނޑު ގަ އެވެ.