Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

ރޯވި ގެތަކަށް ވަންނައިރު އާއްމު ސިއްހަތަށް ވިސްނުމަށް އިލްތިމާސްކޮށްފި

މާލޭގައި މިރޭ ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން - ފޮޓޯ: ޕޮލިސް

އަލިފާނުގެ ހާދިސާއެއް ތަނެއްގައި ހިނގުމަށްފަހު އެތަނަށް ބަޔަކު ދިރިއުޅެން ވަންނަ ކަމަށްވާ ނަމަ ސިއްހީ އެތައް ކަމަކުން ރައްކާތެރިވުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ. 

އެޗްޕީއޭއިން ބުނީ އަލިފާނުގެ ހާދިސާއެއް ހިނގައިގެން ދިޔަ އެއްވެސް ގެއަކަށް އެގޭގެ ދިރިއުޅޭ މީހުން ބަދަލުވާ ކަމަށްވާ ނަމަ އެންމެ ފުރަތަމަވެސް ކުޑަކުދިން ކުޅެން ގެންގުޅޭ ތަކެތި ހުރި ކަމަށްވާނަމަ އެތަކެތި ސައިބޯނި ލުމަށްފަހު ރަނގަޅަށް ދޮވެގެން ނޫނީ ބޭނުން ކޮށްގެން ނުވާނެ ކަމަށެވެ. އަދި އެއާ ކޮންޑިޝަން ފަދަ އެއްޗެހިނުގައި ދުން ހަރުލާފައި ހުންނާނެ ކަމަށް ބެލެވޭތީ އެފަދަ ތަކެތިވެސް އަދި އެކްސްހޯސްޓު ފަދަ ތަކެތިވެސް ރަނގަޅަށް ސާފުކުރަންޖެހޭނެ ކަމަށެވެ.

އެޗްޕީއޭއިން ބުނީ ގޭތެރެ ސާފުކުރުމަށާއި އަންނައުނު ދޮވުމަށް ބޭނުންކުރާ ކްލީނާ ފަދަ ތަކެތި އުކާލަންޖެހޭނެ ކަމަށެވެ. އެއީ އެތަކެތި ބަންދުކޮށްފައި ހުރުމުން ހޫނުގެ ސަބަބުން ގެއްލުމެއް ލިބިފައިވާނަމަ އެފަދަ ތަކެތި ހުންނަ ކެމިކަލްތަކުން ވިހަ އާވި ބޭރުވުމަކީ އެކަށީގެންވާ ކަމަކަށްވާނެތީ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

އެޗްޕީއޭއިން މިގޮތަށް އިލްތިމާސް ކޮށްފައި މިވަނީ މިދިޔަ ހުކުރު ދުވަހު މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހަ ގެއެއްގައި އަލިފާން ހިފައި އެގެތައް ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައިވުމުން އެކަމަށް ރައްޔިތުން ރައްކާތެރިވެ ސަމާލުވުމަށްޓަކައެވެ.