Last Updated: April 20, 14:49
Saturday, April 20, 2024
ދުނިޔެ

އިނގިރޭސި ޕާލަމެންޓު ސަސްޕެންޑު ކުރުން ގާނޫނާ ޚިލާފު ކަމަށް ކޯޓުން ނިންމައިފި

ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރު، ލޭޑީ ހޭލް

އިނގިރޭސި ގާނޫނު ހަދާ މަޖިލިސް ސަސްޕެންޑު ކުރުމަށް ބޮޑުވަޒީރު ބޯރިސް ޖޯންސަން ނިންމި ނިންމުމަކީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން ކަނޑައަޅައި ހުކުމް ކޮށްފިއެވެ.

ބޯރިސް މަޖިލިސް ސަސްޕެންޑު ކުރީ އޭނާގެ ސިޔާސަތުތަކަށް އިދިކޮޅު ޕާޓީތަކުގެ އިތުރުން އަމިއްލަ ޕާޓީގެ ތާއީދުވެސް ގެއްލުމުން، ރާނީގެ ވާހަކަފުޅަށް ފުރުސަތު ދެއްވުމަށް ކަމަށް ބުނެއެވެ.

ނަމަވެސް އިނގިރޭސި އެންމެ މަތީ ކޯޓުން މިއަދު ނިންމާފައިވަނީ، ބޮޑުވަޒީރުގެ ނިންމުމަކީ ޑިމޮކްރަސީއަށް އޭގެ ނޭދެވޭ އަސަރު އެންމެ ފުންމިނަށް ކުރާނެ ކަމެއް ކަމަށެވެ. ސުޕްރީމް ކޯޓުގެ 11 ފަނޑިޔާރުންގެ އިއްތިފާގުން ވަނީ، ބޮޑުވަޒީރުގެ ނިންމުމަކީ ފެށުމުގައި ވެސް ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައި، މަޖިލިސް ކުރިއަށް ގެންދިއުމުގެ އިޚްތިޔާރު މަޖިލިސްގެ ރައީސްގެ އަތް މައްޗަށް ދޫކޮށްލައްވާފައެވެ.