Last Updated: July 28, 17:20
Tuesday, July 28, 2026
ޚަބަރު

ބާ ކައުންސިލްގެ މެމްބަރު ކަމަށް ނޫރުބާން އަދި އަބްދުލް ސަލާލް

ނޫރުބާން އަދި އަބްދުލް ސަލާމް -- ފޮޓޯ / ސީއެންއެމް

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ހުސްވެފައިވާ މެމްބަރު ކަމަށް އަލްހާން ފަހުމީގެ ކޮއްކޮ ނޫރުބާން ފަހުމީ ކުރިމަތިލައިފިއެވެ. ނޫރުބާނާއި އެކުގައި ދެން އެ މަގާމަށް ކުރިމަތިލާފައި ވަނީ އަބްދުލް ސަލާމް އާރިފެވެ.

ނޫރުބާނަކީ ޕެންޝަން އޮފީހުގެ ބޯޑު މެންބަރަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އައްޔަން ކުރެއްވި ކަނބަލެކެވެ. އަބްދުލް ސަލާމަކީ ޓެކްް އެޕީލް ޓްރައިބިއުލަނުގެ ކުރީގެ ނާއިބު ރައީސެވެ.

ބާ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި މިއަދު ބުނީ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ މެންބަރު ކަމަށް ކުރިމަތިލި ފަރާތްތަކުގެ ނަންތައް ތަރުތީބު ކުރެވިފައިވާ ކަމަށެވެ. އެގޮތުން އަބްދުލް ސަލާމް އާރިފަކީ ކެންޑިޑޭޓު ނަންބަރު އެކެކެވެ. ނޫރުބާން ފަހުމީއަކީ ކެންޑިޑޭޓު ނަންބަރު ދޭކެވެ.

ބައި-އިލެކްޝަންގެ ވޯޓު ނެގުމަށް ހަމަޖައްސާފައިވަނީ، މި މަހުގެ 28ވަނަ ދުވަހުގެ ހެނދުނު 9:00 ން މެންދުރުފަހު 15:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ތެރޭގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29ވަނަ ދުވަހުއެވެ.

ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމެޓީއަށް މެންބަރު އިންތިހާބު ކުރުމަށް ނިންމާފައި މިވަނީ އެ ކޮމެޓީއަށް އިންތިހާބުވި އައިޝާ ޝުޖޫނަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ލިބިވަޑައިގަތުމާއި ގުޅިގެން އެކަމަނާ އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.