Last Updated: June 6, 06:04
Saturday, June 6, 2026
ޚަބަރު

ޓިކެޓު ބެހުން ޖުމުހޫރީ ޕާޓީން ނިމުމަކަށް ގެނެސްފި

photo: mihaaru news

ޕާޓީގެ ލީޑަރަށް ފެންނަ ބޭފުޅުން އިންތިޚާބުތަކުގައި ޕާޓީގެ ޓިކެޓުގައި ވާދަކުރުމުގެ ސަގާފަތް ނިމުމަކަށް ގެނެވިފައިވާ ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް އިއުލާން ކުރައްވައިފިއެވެ.

މާޒީގައި ޖޭޕީގެ ޓިކެޓު ދީފައިވަނީ ޕްރައިމަރީއެއް ބޭއްވުމެއް ނެތި ޕާޓީން ހޮވާ ބޭފުޅުންނަށެވެ. ނިމިގެންދިޔަ މަޖިލިސް އިންތިޚާބުގައި ވެސް ޖޭޕީގެ ގިނަ ޓިކެޓުތަކެއް ވަނީ ޕާޓީއާ އަލަށް ގުޅުނު ވަރަށް ގިނަ ފަރާތްތަކަށް ދީފައެވެ. އޭރު ޓިކެޓު ބެހީ ގިނަ ދުވަސްތަކެއް ވަންދެން ޕާޓީއަށް ޚިދުމަތް ކޮށްފައިވާ މީހުންވެސް ކުރިމަތިލާފައި ވަނިކޮށް ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފައިވެއެވެ.

މަޖިލިސް އިންތިޚާބުގައި ޖުމުހޫރީ ޕާޓީއަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވެގެން ދިޔައިރު ޕާޓީ ހިންގާ އުސޫލުތަކަށް ބަދަލު ގެނެސްފައިވާ ކަން ގާސިމް އިއުލާން ކުރައްވާފައިވާއިރު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެއް ދާއިރާއަކުން އެކަކަށް ވުރެ ގިނަ ފަރާތުން ވާދަކުރަން އެދޭނަމަ ޕްރައިމަރީ އަކަށް ދާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

އަދި ޖޭޕީ އިން މަސައްކަތް ކުރަމުން ދާނީ ރާއްޖޭގައި ހަރަކާތްތެރިވާ ޕާޓީތަކުގެ ޑިމޮކްރެޓިކް އުސޫލުތަކާ އެކުގައި ކަމަށް ގާސިމް ވިދާޅުވެފައިވެއެވެ.