Last Updated: June 10, 00:02
Tuesday, June 9, 2026
މުނިފޫހިފިލުވުން

ކަލްކީ އާއި ރިޗާ "ޖިއާ އޯރް ޖިއާ" ގައި

އިންޑިއާގެ ދެ ސަރަހައްދަކުން އަންނަ ޒުވާން އަންހެން ކުދިިންގެ ގުޅުން ދައްކުވައި ދޭ "ޖިއާ އޯރް ޖިއާ" އަށް ކަލްކީ ކޮޗިން އާއި ރިޗާ ޗައްދާ ސޮއިކޮށްފި އެވެ.

ކުރީގެ ލޯބިވެރިޔާ އަދި ބަތަލާ ސުޝްމިތާ ސިންގް ހިމަނައިގެން "ދުލްހާ މިލްގަޔާ" އާއި "ޒިންދަގީ ރޮކްސް" ގެނެސް ދިން މުދައްސަރު އަޒީޒު، ޕްރޮޑިއުސަރު ސުނިލް ބޮހްރާ އާ ގުޅިގެން ކޯ-ޕްރޮޑިއުސް ކުރާ "ޖިއާ އޯރް ޖިއާ" އާ ބެހޭ ގޮތުން އޭނާ ބުނީ މި ފިލްމަކީ ތަމަޅަ އަންހެން ކުއްޖަކާއި ޕަންޖާބީ އަންހެން ކުއްޖެއްގެ ހަޔާތުގެ ވާހަކަ ކިޔައިދޭ ފިލްމެއް ކަމަށެވެ. އަދި އެ ދެ މީހުންނަކީ އެއް ނަމެއް ކިޔާ ދެ ކުދިންނެވެ. އެއީ ޖިއާ އެވެ.

ސްވިޑްންގައި ޝޫޓް ކުރަން ހަމަޖެހިފައިވާ މި ފިލްމްގައި ޕަންޖާބީ އަންހެން ކުއްޖާގެ ރޯލް ކުޅޭނީ ޑައިރެކްޓަރު އަނޫރާގް ކެޝަޕްގެ އަންހެނުން ކަލްކީ އެވެ. އަދި ތަމަޅަ އަންހެން ކުއްޖާގެ ރޯލް ކުޅޭނީ "ފުކްރޭ" އާއި "ގޭންގްސް އޮފް ވަސޭޕޫރު" ފަދަ ފިލްމްތަކުން ފެނިފައިވާ ރިޗާ އެވެ.

"މިއީ ދެ ސަގާފަތެއްގެ ދެ އަންހެން ކުއްޖަކު ދިމާވެގެން އެ މީހުން ކުރާ ދަތުރުގައި ގުޅުން ބަދަހިވެ، އެ މީހުންގެ ދިރިއުޅުމުގައި ހިނގާ ކަންތައްތައް ގެނެސް ދޭ ފިލްމެއް" މުދައްސަރު ބުންޏެވެ.

"ޖިއާ އޯރް ޖިއާ" އާއި ދާދި ފަހުން ދަންޖެހިގެން މަރުވި ބަތަލާ ޖިއާ ހާން އާ އެއްވެސް ގުޅުމެއް ނުވާނެ ކަމަށް ވެސް މުދައްސަރު ބުންޏެވެ. އަދި ފިލްމްގެ ނަން މަރުހޫމް ޖިއާގެ ނަމާ އެއް ގޮތް ވުމަކީ ފިލްމްގެ ކޮންސެޕްޓް ޖިއާ އާ ގުޅުމެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

"މި ފިލްްމްގެ ސްކްރިޕްޓް ވެސް ވަނީ ޖިއާ މަރުވުމުގެ މާ ކުރިން ތައްޔާރުކޮށް ނިމިފައި. އެހެންވެ ޖިއާ އާ މި ފިލްމާ އެއްވެސް ގުޅުމެއް ނެތް،" މުދައްސަރު ބުންޏެވެ.

"ޖިއާ އޯރް ޖިއާ" ޑައިރެކްޓް ކުރަން ހަމަޖެހިފައި ވަނީ ކޮރިއޯގްރާފަރު ހޯވަޑް ރޯސްމެޔާ އެވެ.