މާލޭގެ ފަގީރުންގެ ގޮތުގައި 1716 މީހުން ރަޖިސްޓްރީކުރެވިފައިވާއިރު އޭގެތެރެއިން ކޮންމެ ފަގީރަކަށް 2000 ރުފިޔާ ދިނުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނިފައިވާ ފަރާތްތަކުގެ ތެރެއިން މާލެއިން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް މުދަލު ޒަކާތުގެ ފައިސާ ބަހަން ފަށައިފި އެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި 1719 މީހުން ރަޖިސްޓްރީވެފައިވާ ކަމަށާއި އެ މީހުންނަށް ޒަކާތު ފައިސާ ދޫކުރަން މިއަދު ވަނީ ފަށާފައިވާ ކަމަށެވެ. ކޮންމެ ބޮލަކަށް 2000 ރުފިޔާ ދޫކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މި އަހަރުގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތްތަކުގެ ތެރެއިން މާލެއިން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް މުދަލު ޒަކާތް ބެހުން ކުރިއަށްދާނީ މިއަދާ، މާދަމާ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގަ އެވެ. ޒަކާތު ފައިސާ ދޫކުރަނީ ހެނދުނު 9:30 ފެށިގެން 14:30 އަށެވެ.