Last Updated: July 28, 13:59
Tuesday, July 28, 2026
ޚަބަރު

ދީނަށް ފުރައްސާކުރި "ޖުހާ" ޕޭޖު ބްލޮކް ކޮށްފި

ޖުހާ ޕޭޖުގެ ސްކްރީން ޝޮޓެއް --

އިސްލާމްދީނަށް ފުރައްސާރަކޮށް ތަފާތު އެކި ޕޯސްޓުތައް ފޭސްބުކްގައި ކުރަމުންދިޔަ "ޖުހާ" ޕޭޖް ބްލޮކް ކޮށްލައިފިއެވެ.

"ޖުހާ" ޕޭޖު ބްލޮކް ކުރުމަށް ގޮވަމުން ދާތާ މިހާރު ދުވަސް ކޮޅެއް ވަނީ ވެފައެވެ. ނަމަވެސް އެ ޕޭޖު ބްލޮކް ނުކޮށް ގިނަ ދުވަސް ވާތީ ފުލުހުންނާއި ސަރުކާރުގެ ކަމާ ގުޅުންހުރި މުއައްސަސާތަކަށް އާއްމުންގެ ފާޑުކިއުންތައް ވަނީ އަމާޒުވެސް ވެފައެވެ. މި މައްސަލަ ފުލުހުންނަށް ވެސް ހުށަހެޅިއެވެ. އަދި ފުލުހުން ވަނީ އެ މައްސަލަ ސައިންސް މިނިސްޓްރީއަށް ހުށަހަޅާފައެވެ. މި ދެ މުއައްސަސާ ކުރި މަސައްކަތުން މިހާރު ވަނީ އެ ޕޭޖު ބްލޮކް ކޮށްފައެވެ.

ފުލުހުން ބުނީ، "ޖުހާ" ޕޭޖްގެ އިތުރުން، އިސްލާމްދީނަށް ފުރައްސާރަ ކުރާ އިތުރު އެހެން ޕޭޖެއް ވެސް ބޮލޮކް ކޮށްދޭން ފޭސްބުކްގައި އެދިފައިވާނެ ކަމަށާއި، "ޖުހާ" ޕޭޖާއެކު އެ ޕޭޖްތަކުގެ މައްސަލަވެސް ބަލަމުންދާ ކަމަށެވެ. އަދި ޖުހާ ޕޭޖް ބޮލޮކް ކޮށްދޭން ފުލުހުން އެދުމުން އެ ޕޭޖް ބްލޮކް ކުރުމަށްފަހު އެ އިދާރާއަށް ފޭސްބުކުން އަންގާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ދީނަށް ފުރައްސާރަ ކުރަމުންދިޔަ ފޭސްބުކް ޕޭޖެއް ބްލޮކް ކޮށްފައިވާއިރު މީގެކުރިންވެސް މިފަދަ އެތައް ޕޭޖެއް ފުލުހުން ވަނީ ފޭސްބުކްގައި އެދިގެން ބްލޮކް ކޮށްފައެވެ.