Last Updated: July 28, 13:59
Tuesday, July 28, 2026
ޚަބަރު

ވައިގެ އެއްބަސްވުމުގައި ބަހްރައިންއާ އެކު ރާއްޖެއިން ސޮއިކޮށްފި

މިނިސްޓަރު ނަހުލާއާ ބަހުރައިންގެ ޓްރާންސްޕޯޓު މިނިސްޓަރު އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެއްބަސްވުން ބަދަލުކުރަނީ --

ރާއްޖެއާ ބަހްރެއިނާ ދެމެދު ވައިގެ ދަތުރުފަތުރާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ކެނެޑާގެ މޮންޓްރިއޯލްގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އިކާއޯ) ގެ އާންމު މަޖިލީހުގެ ހަވާސާގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި އިއްޔެ ސޮއި ކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ. ބަހުރެއިންގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުގެ ޓްރާންސްޕޯޓޭޝަން އެންޑް ޓެލެކޮމިއުނިކޭޝަން މިނިސްޓަރު ކަމާލް ބިން އަހުމަދު މުހައްމަދެވެ.

ބަހްރެއިންގެ ގައުމީ އެއާލައިންކަމަށްވާ ގަލްފް އެއާ އިން ބަހްރެއިނާއި ރާއްޖެއާ ދެމެދު ދަތުރުތައް ފެށުމުގެ ހުއްދައަށް ވަނީ އެދިފައެވެ. ގަލްފް އެއާ މިއަންނަ އޮކްޓޯބަރު މަހުގެ 28 އިން ފެށިގެން ފަށާ ފްލައިޓްތައް އޮޕަރޭޓް ކުރާނީ ބަހްރެއިން އިން މާލެ އަދި ކޮލަމްބޯ މަގުން ހަފްތާއަކު ހަ ފްލައިޓެވެ.

މި އެއްބަސްވުމަކީ ރާއްޖެއާ ބަހްރައިނާ ދެމެދު ވައިގެ ދަތުރުތައް ފަށަން މަގު ފަހި ކުރުމުގެ ގޮތުން 1995ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 18ވަނަ ދުވަހު ސޮއިކޮށްފައިވާ އެއްއޯޔޫއެއްގެ ދަށުން ވެފައިވާ އެއްބަސްވުމެކެވެ.