Last Updated: July 28, 13:59
Tuesday, July 28, 2026
ޚަބަރު

މުވައްޒަފަކު ވަކިކުރަން ބިރެއް ނުދައްކަން: ޓްރާންސްޕޯޓް

ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ - ފޮޓޯ: މަޖިލިސް

ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒިފުންތަކެއް ވަޒީފާއިން ކަނޑާލާނެ ކަމުގެ ބިރު ދައްކާފައި ނުވާނެ ކަމަށް އެ އޮތޯރިޓީއިން ބުނެފި އެވެ.

އެކަމާ ގުޅިގެން ޓްރާންސްޕޯޓް އޮތޯރިޓީ އިން ބުނީ އެ އޮތޯރިޓީގެ އެއްވެސް މުވައްޒަފަކު ކަނޑާލާނެ ކަމުގެ ބިރު ދައްކާފައިނުވާނެ ކަމަށެވެ. ނަމަވެސް ހާޒިރީއަށް ފަރުވާ ކުޑަކަމަށް ފާހަކަ ކުރެވޭ މުވައްޒަފުންނާމެދު ސިވިލް ސާވިސްގެ ގަވާއިދުގައިވާ ގޮތަށް އަމަލު ކުރާނެ ކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ 48 މުވައްޒަފުން ސޮއިކޮށްފައިވާ އެ ޕެޓިޝަނުގައި ބުނެފައި ވަނީ އެފަދަ ސިޓީއެއް ލިޔަން ޖެހުނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އެ އޮތޯރިޓީގެ ގިނަ މުވައްޒަފުންތަކެއް ކަނޑާލުމުގެ ނިޔަތުގައި މަސައްކަތް ކުރާ ކަމުގެ މައުލޫމާތު ލިބުމުން ކަމަށެވެ.

ވަޒީފާއިން ކަނޑާލަން ބޭނުންވާ މުވައްޒަފުންތަކެއްގެ ލިސްޓެއް އޮތް ކަމުގެ މައުލޫމާތު ޖުލައި މަހުގެ ތެރޭގައި ލިބުމާއެކު މުވައްޒަފުންގެ ޝުއޫރު އޮފީސް ތެރޭގައި ފާޅު ކުރަން ފެށި ކަމަށް ވެއެވެ. އެ ލިސްޓަކީ ހާޒިރީއާ ބެހޭ ލިސްޓެއް ކަމަށާއި، ވަޒީފާއިން ކަނޑާލުމުގެ ލިސްޓެއް ނޫން ކަމަށް ބުނެފައިވާ ކަމަށް އޭގައި ބުނެފައި ވެއެވެ.

ހާޒިރީގެ މައްސަލައަކީ މި މުވައްޒަފުންނަށްވެސް ފާހަގަކުރެވިފައިވާ މައްސަލައަކެވެ. ނަމަވެސް އެ މުވައްޒަފުން ބުނީ ހާޒިރީގެ މައްސަލަ އެވެ. އެކަމަކު އެ މުވައްޒަފުން ބުނެފައި ވަނީ ގަޑިޖެހޭ މައްސަލަ ނުވަތަ ހާޒިރީ އެހެން މައްސަލައަކާ ގުޅިގެން ވެސް މީގެ ކުރިން ދުވަހަކު ވެސް ވާހަކަ ދައްކާފައި ނުވާ ކަމަށެވެ.

މި ސިޓީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެޑްރެސްކޮށް ވަނީ ރައީސް އޮފީހަށްވެސް ފޮނުވާފައެވެ.