Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

އާޒީމާ އަނެއްކާ ވެސް އޭޖީގެ މަގާމަށް

މަޖިިލީހުން ރުހުން ނުލިބިގެން ޖެންޑާ މިނިސްޓަރުގެ މަގާމުން ކުރީގެ އެޓާނީ ޖެނެރަލް އައިޝަތު އާޒިމާ ޝަކޫރުގެ މަގާމު ގެއްލުމާ އެކު ރައީސް ޑރ. މުޙަންމަދު ވަޙީދު، އެޓަނީ ޖެނެރަލް ކަމުގެ މަޤާމަށް ކުރިން އެ މަގާމު ފުރުއްވި ޢާޒިމާ އަނެެއްކާ ވެސް މިއަދު ޢައްޔަން ކުރައްވައި، އެ ކަމަނާ އަށް މަޤާމުގެ ފަތްކޮޅު ދެއްވައިފިއެވެ.

އާޒިމާ އޭޖީގެ މަގާމުން ޖެންޑާ މިނިސްޓަރަށް ބަދަލު ކުރެއްވީ އެޕްރީލް މަހުގެ 10 ވަމަ ދުވަހު އެވެ.

ޢާޒިމާ ޝަކޫރަށް އޭޖީގެ މަޤާމުގެ ފަތްކޮޅު އަލުން ދެއްވުމުގެ ކުރިން، ވަޒީރުންގެ މަޖިލީހުގެ މެންބަރު ކަމުގެ ހުވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފްގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ.

ހުވާކުރެއްވުމަށް ފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވާގެ އިޤްރާރުގައި ސޮއިކުރެއްވި އެވެ.

މަޖިލީހުން މިއަދު ވަނީ އެޓާނީ ޖެނެރަލްގެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމް ވެސް މަގާމުގައި ހުންނެވުމަށް ރުހުން ނުދީފަ އެވެ.